އޯގާތެރިކަން އިސްކުރުމަށް ހައްޖު ހުތުބާގަ ގޮވާލައިފި

  • މުސްލިމުގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލު

އައްޝަރީފައިން ކޮމްޕްލެކްސް ފޯރ ޙަދީޘްގެ ރައީސް އައްޝައިހް މުހައްްމަދު ބިން ހަސަން

މުސްލިމުންނަކީ އެކަކު އަނެކަމަށް އޯގާތެރިވުމަށާއި އޯގާތެރިކަން އިތުރުކުމަށް ހައްޖު ހުތުބާގައި އިލްތިމާސްކޮށްފިއެވެ.

މިއަހަރުގެ އަހަރުގެ ޙައްޖު ޚުޠުބާ ދެއްވީ، ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ކޮމިޓީގެ މެމްބަރު އަދި ޚާދިމުލްޙަރަމައިނި އައްޝަރީފައިން ކޮމްޕްލެކްސް ފޯރ ޙަދީޘްގެ ރައީސް އައްޝައިހް މުހައްްމަދު ބިން ހަސަންއެވެ.

"ކީރިތި ރަސޫލާ މިސާލު ޖައްސަވާފައިވަނީ މުސްލިމުންނަކީ އެއް ހަށިގަނޑެއްގެ މިސާލުން. އެއް ގުނަވަނަކަށް ލިބޭ ގެއްލުމުން މުޅި ހަށިގަނޑަށް ވޭން އަޅާނެ،"

އިޖްތިމާއީ ގުޅުންތައް ބަދަހި ކުރުން ރަނގަޅު ކުރަންޖެހޭ ކަމަށް ވެސް ޝެއިހް މުހައްމަދު ގޮވަލެއްވިއެވެ. އެގޮތުން އަވަށްޓެރިންނާ، އާއިލާ، ރަހުމަތްތެރިން އަދި އަނބިންނާ ފިރިން ގުޅުންބަހިކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މާތް އަﷲގެ އެއްކައުންވަންތަކަމަށްް އީމާންވުމަށް ޝެއިހު ގޮވާލެއްވި އެވެ. މާތްﷲ އަށް ތަގުވާވެރިވުމަށް ވެސް ވަނީ ނަސޭހަތްތެރިވެލައްވާފައެވެ.

"ﷲ ސުބުހާނަހޫ ވަތައާލާ ރަހުމަތް ލައްވައިފި ބަޔަކަށް އެކަން ހުއްޓުވޭނެ އެއްވެސް ގޮތެއް ނުވޭ. ﷲ އީ އެންމެ ރަހުމަތް ވަންތަ ރަސްކަަލާންގެ،"

މިގޮތުން އިސްލާމް ދީނުގެ ފަސް ރުކުނުގެ މައްޗަށް އަލި އަޅުވާލައި، އެެކަންކަމަކީ ސުންނަތުން ސާބިތުވާ އަދި ދޫކޮށްލައިގެން ނުވާނެކަތައްތައް ކަމަށް ވިދާޅުވިއެވެ.

"ކީރިތިގުރުއާނަކީ އޭގަ މުއުޖިޒާތްތަކަކާ ޝިފާ އެކުލެވިގެންވާ އެއްޗެއް. ދުނިޔެވީ ކަންކަމަށްވުރެ ބޮޑަށް ދީނީ ކަންކަމަށް ސަމާލުކަން ދިނުން މުހިންމު،"

އެއްބަޔަކު އަނެއްބަޔަަކަށް މާފު ދިނުމަށް ވެސް ވަނީ ނަސޭހަތްތެރިވެ ލައްވާފައެވެ.

މިއަހަރު 2.5 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަރަބިއްޔާއަށް ގޮސްފައެވެ.

ދިވެހިރާއްޖެއިން 2000 މީހުން ހައްޖަށް ދިޔައެވެ.

 

ކިޔުންތެރިންގެ ހިޔާލު