ދައުލަތުގެ މާލިއްޔާއިން ފަންސާސް ފަސް މިލިއިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ފެންމަތިވެއްޖެ

އެއްވެސް ޚަރަދެއް ނުކޮށް އެއްވެސް ޚިދުމަތެއް ނުދީ ޚިޔާނާތުގެ ތެރެއިންދައުލަތުގެ މާލިއްޔަތުން ފަންސާސް ފަސް މިލިޔަން ރުފިޔާ ނަގާފައިވާކަމަށާއި، އެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންބަލަން ނިންމާފައި ވާކަމަށް މާލިއްޔަތު ކޮމިޓީން ބުނެފިއެވެ.

މާލިއްޔަތު ކޮމިޓީން ބޭއްވިނޫސްވެރިންގެ ބައްދަލު ވުމެއްގައި މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން އެކޮމިޓީގެ މުޤައްރިރު އަހުމަދު ނާޒިމް ވިދާޅުވީ، ދައުލަތަށް އެއްވެސްޚިދުމަތެއް ނުދީ އެއްވެސް ކަމެއް ނުކޮށް އެއްވެސް ބުރައެއް އުފުލުމަކާއިނުލާ ދައުލަތުގެ މާލިއްޔަތުން ފަންސާސް ފަސް މިލިޔަން ރުފިޔާ ނަގާފައިވާކަމަށާއި، އެ މައްސަލަ ތައް މާލިއްޔަތު ކޮމެޓީން ބަލަން ފަށާފައިވާކަމަށެވެ.

މާލިއްޔަތު ކޮމެޓީން ބުނީ މި މައްސަލަ ވަރަށް ސީރިއަސް ކަމާއި އެކު އެކޮމެޓީން ބަލަމުން ގެންދާ ކަމަށާއި މި ކަމުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ އިހުމާލުވުން ވެސް ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް މި މައްސަލަތަކަކީ ކިހިނެއް ހިނގާފައިވާ ކަންތައް ތަކެއް ކަމާއި، ދައުލަތުގެމާލިއްޔަތުން މިހާ ގިނަ ޢަދަދެއްގެ ފައިސާ ނެގިފައި ވަނީ ކޮން ބައެއްގެއިހުމާލުން ކަން އަދި މުޅިން ސާފު ވެފައި ނުވާ ކަމަށް މާލިއްޔަތު ކޮމެޓީގެމުޤައްރިރު ވިދާޅުވިއެވެ.

ދައުލަތުގެ މާލިއްޔަތުން ފަންސާސް ފަސް މިލިޔަން ރުފިޔާ ވަގަށް ނަގާފައިވާކަމުގެ ތުހުމަތު މާލިއްޔަތު ކޮމެޓީން ކުރާއިރު، މީގެ ތެރެއިން ބޮޑުބައެއް ނަގާފައި ވަނީ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ތެރެއިން ކަމަށްމިހާތަނަށް އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓު ތަކުން ހާމަވެއެވެ.

ދައުލަތުގެ މާލިއްޔާއިން ފަންސާސް ފަސް މިލިއިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ފެންމަތިވެއްޖެ

ކިޔުންތެރިންގެ ހިޔާލު