ފޮޓޯ ސްޓޯރީ: ޖުލައި ސައްބިސް ވަނަ ދުވަހު އައި 'ލިބާސް ސައްބިސް' 

މިއަހަރު މިނިވަން ދުވަހު ގިނައަދަދެއްގެ އަންހެން ވެރިން 'ލިބާސް ސައްބީސް" ފާހަގަކޮށްފިއެވެ.

ދިވެހިންނަކީ މިނިވަން ދުވަސް ފާހަގަކުރުމަށް އައު ހެދުން ލާބައެކެވެ. މިގޮތުން މިއަހަރު އަންހެން ވެރިންގެ ސޯސަލްމީޑިއާގަ މިނިވަން ދުވަސް ފާހަގަކުރީ ލިބާސް ލައިގެންނެވެ.

ބައެއް މީހުން މިނިވަން ދުވަހަށް ހާއްސަކޮށް ލިބާސްލިއިރު އަނެއްބަޔަކު ގެންދިޔައީ ކުރިން ލިބާސް ލައިގެން ނަގާފަހުރި ފޮޓޯ ތައް #LibaasSabbees ޖަހައިގެެން ޝެއާ ކުރަމުންނެވެ.

މި ޓްރެންޑު މަޝްހޫރުވެ ދިވެހިން ނޫން އަންހެނުންވެސް ވަނީ ލިބާސް ލައިގެން ފޮޓޯ ނަގާ ފައެވެ.

އަނިޔާވެރިކޮށް މަރާލީ ބްލޮގާ ޔާމިން ރަޝީދު ގެ ލޯބިވެރިއާވެސް ވަނީ ލިބާސް ސައްބީހުގަ ބައިވެރިވެ ފައެވެ.

މިނިސްޓާ އޮތް އާޓްސް ކަލްޗާރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނުވެސް ވަނީ ލިބާސް ސައްބީސް ޓްވީޓުކުރައްވާފައެވެ.

އަންނަ އަހަރުގެ މިނިވަން ދުވަހު ވެސް 'ލިބާސް ސައްބީސް' ފާހަގަކުރުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު