ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް އެފްއެސްއެމްގެ މުވައްޒަފުން ތަކެއް ތިލަފުއްޓަށް ބަދަލުކޮށްފި

މޯލްޑިވިސް ފިއުލް ސަޕްލައިގެ ބޯޓެއްގައި "ކުރޫ" ގެ ގޮތުގަ މަސައްކަތް ކުރަމުން ދިޔަ 5 މުވައްޒަފުން ޤާނޫނާ ޙިލާފަށް ފިޔަވަޅު އަޅާފައިވާ ކަން ހާމަވެއްޖެއެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ފިއުލް ސަޕްލައި މޯލްޑިވްސްގެ މުވައްޒަފަކު ބުނީ، "ބޯޓު ކުރޫއިން" ގެ ގޮތުގަ މަސައްކަތް ކުރާ ފަސް ފަޅުވެރިން އިންޖިނިއަރިން ޑިޕާޓްމަންޓަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި މިހާރު އެމީހުން މަސައްކަތް ކުރަމުން ގެންދަނީ ތިލަފުށީގައި ހުންނަ އެފްއެސްއެމްގެ ބޯޓުޔާޑުގައެވެ.

އެފްއެސްއިން ބުނެފައިވަނީ އެމީހުންނާ މެދު ފިޔަވަޅު އަޅާފައިވަނީ ޤަވާއިދުތަކާއި ދިވެހިރާއްޖޭގެ ވަޒީފާގެ ޤާނޫނާއި އެއޮފީހުގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެހެން ނަމަވެސް ބޯޓް ފަޅުވެރިންގެ ގޮތުގައި ވަޒީފާ ދީފައި ތިބި ބަޔަކު ތިލަފުއްޓަށް ބަދަލު ނުކުރެވޭނެކަން އެފްއެސްއެމްގެ ވަޒީފާގެ ބަޔާނުންވެސް ވަރަށް ސާފްކޮށް އެނގެން އެބައޮތެވެ. އެފްއެސްއެމްގެ ބޯޓް ފަޅުވެރިންނާއެކު ކުރެވޭ ވަޒީފާގެ ބަޔާނެއް "ޓައިމްސް" އަށް ވނީ ލިބިފައެވެ.

އެމީހުންގެ ވަޒީފާ ތިލަފުށްޓަށް ބަދަލުކުރީ ވަޒީފާއާ ބެހޭ ޤާނޫނާ ހިލާފަށް ވަޒީފާގެ ބަޔާނުގައި ނެތް މަސައްކަތްތަކެއް ކުރުވުމަށް ކަމަށް ތުހުމަތުކޮށް އެ މުވައްޒަފުން ގެންދަނީ ޓްރައިބިއުނަލްގަ މައްސަލަ ޖެއްސުމަށް ތައްޔާރުވަމުންނެވެ.

ވަޒީފާއާ ބެހޭ ޤާނޫނުގައި ބުނެފައިވާގޮތުން ވަޒީފާގެ ބަޔާނުގަ ނެތް މަސައްކަތެއް މީހެއް ލައްވައި ކުރުވުމަކީ ވަޒީފާދޭ ފަރާތް ކުށްވެރިވާނެކަމެކެވެ.

ވަޒީފާއާ ބެހޭ ގާނޫނު ދެ ވަނަ ބާބު "ކަމުގައިވާ އަސާސީ އުސޫލުތަކުގެ" ބާބުގެ އެނެމް ފުރަތަމަ ކަމެއްގެ ގޮތުގައި ހިމަނާފައިވަނީ ވެސް "މަޖުބޫރުން މަސައްކަތް ކުރުން މަނާކުރުން" އެވެ.

"މީހަކު އަމިއްލަ އިހުތިޔާރުން ދޭ ހިދުމަތް ފިޔަވާ، އަދަބެއް ދޭނެކަމުގެ އިންޒާފު ދީގެން ނުވަތަ ނުފޫޒުގެ ބާރު ބޭނުންކޮށްގެން ބިރު ދައްކައިގެން މީހެއްގެ ފަރާތުން ހިދުމަތް ހޯދުން" ވާނީ މަޖުބޫރުން މަސައްކަތް ކުރުވިކަމަށެވެ.

ވަޒީފާގެ ބަޔާނުގަ ނެތް މަސައްކަތެއް މީހެއްލައްވާ އެމީހުންގެ ނުރުހުމުގަ ކުރާނަމަ މި ގޮޅިއަށް ވަޒީފާ ދިން ފެތޭނެކަމަށް ބުނެ އެ މުވައްޒަފުން އަންނަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގައި މައްސަލަޖެއްސުމަށް ތައްޔާރުވަމުންނެވެ.

މައުލޫމާތު ލިބޭގޮތުގަ މި ފަސް މީހުން ބަދަލުކުރީ ދެ ފަހަރެއްގެ މަތިން 14 ދުވަސް ވަންދެން ސަސްޕެންޑު ކުރުމަށްފަހުއެވެ. ފިއުލް ސަޕްލައިގެ ވަޒީފާގެ ބަޔާނުގައި ބުނާ ގޮތުން ވަޒީފާއާއި ބެހޭ ޤާނޫނާ އެޤާނޫނުގެ މަތިން ވަޒީފާ އަދާ ކުރަމުންނުދާނަމަ ނުވަތަ ތަބާވާންޖެހޭ މަސައްކަތުގެ އަޙުލާގީ މިންގަނޑުތަކަށް ތަބާނުވާނަމަ، ހާލަތާ ގުޅޭ ގޮތުން 14 ދުވަހަށް ވުރެ ގިނަ ނޫން މުއަދަތަކަށް ވަޒީފާގެ މަސައްކަތް ހުއްޓުވޭނެ އެވެ.

"އަޅުގަނޑާއެކު މަސައްކަތް ކުރާ ފަސް މުވައްޒަފަކު 14 ދުވަސް ވަންދެން ސަސްޕެންޑު ކުރީ. ރިސޯޓަކުން ޖެއްސި މައްސަލައަކާ ގުޅިގެން ފުރަތަމަ ސަސްޕެންޑު ކުރީ ދެ ފަހަރަށް، މި މައްސަލައިގަ އެއްވެސް އިންޒާރެއްވެސް ނުދޭ. މައްސަލައެއް ސާބިތުވާނަމަ ފިޔަވަޅު އަޅާންވީ ނޫންތޯ؟،" މުވައްޒަފަކު ބުންޏެވެ.

އެމްވީ ޓައިމްސްއާ ވާހަކަ ދެއްކި މުވައްޒަފުން ބުނީ އެމީހުން މިހާރު ކުރަމުން ގެންދަނީ ވަޒީފާގެ ބަޔާނުގަ ނެތް މަސައްކަތްތަކެއްކަމަށެވެ.

ޓައިމްސް އިން މިމައްސަލައިގައި ބެލި ބެލުމުން އެނގިފައިވަނީ މި ފަސް މީހުން ކަނޑާލަން ތަނުގެ އެމްޑީ ވެސް މަސައްކަތް ކުރެއްވި ކަމެވެ. އެގޮތުން ބައެއް މަޖިލިސް މެމްބަރުންނަށް ގުޅާ ފަސް މީހަކު ވަޒީފާ އަށް ނެގުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެ އެވަޒީފާތަކަށް އެމްޕީން ބޭނުންވާ ބަޔަކު ލުމަށް އެދިލެއްވިކަން މިނޫހަށް ވަނީ އެނގިފައެވެ.

"ހަމަ މިކަހަލަ މިއަށްވުރެ ބޮޑު ތުހުމަތު ކުރެވުނު އެހެން ބޯޓެއްގެ ފަޅުވެރިންނަށްވެސް. އެކަމަކު މައްސަލަ ކުރިޔަށް ގެންދިއުމުގެ ބަދަލުގައި ބޯޓްގެ ކައްޕި ބުނި ބުނުމަކަށް މައްސަލައެއް ނުބަލާ. މިހުރިހާ ކަމަކީވެސް ކުންފުނީގެ ލޮޖިސްޓިކް ސްޕރިޑެންޓެންޓް ބޭނުންވާ ގޮތަށް ކަންކަން ނުކުރާ ބަޔަކު ވަޒީފާގެ ނުބޭތިއްބުމަށް ހިންގޭ ކަންކަން. ބައެއް ބޯޓުތަކުގެ ފަޅުވެރިންނާ ދިމާލަށް އެފަދަ މޭރުމުން އިންޒާރުވެސް އޭނަ އެބަހުރި ކުރިންވެސް ދީފ." އެފްއެސްއެމްގެ އެޑްމިނިސްޓްރޭޓިވް މުއައްޒަފަކު ކިޔައި ދިނެވެ.

މި މުއައްޒަފުންނަށް ކުރިމަތިވި މައްސަލައަކީ ރިސޯޓަކަށް ތެޔޮ އެޅުމަށްފަހު އެރިސޯޓުން ކުރި ޝަކުވާއެއްގެ މައްޗަށް ހިންގި ތަހުޤީގަކަށްފަހު އެޅި ފިޔަވަޅު ތަކެއް ކަންވެސް މިނޫހަށް ވަނީ އެނގިފައެވެ.

މިމައްސަލައިގެ ތަހުޤީގު ނިމި އެސްޓީއޯގެ ލީގަލް ޓީމުން ވަނީ މި ފަސް މީހުންގެ ބަޔާންތައް ނަގައިފައެވެ. މި ފަސް މީހުންގެ މައްޗަށް ކުރެވުނު ތުހުމަތުގައި އެއްވެސް ކަމެއް ސާބިތުނުވާ އިރު މިގޮތަށް ފިޔަވަޅެއް ނޭޅޭނެއެވެ. މި ފަސް މީހުންނަށް ކުރެވުނު ކުށް ސާބިތުވި ނަމަ އެކުށަކީ ވަޒީފާއިން ކަނޑާލަންވެސް ޖެހޭ ވަރުގެ ކަމެކެވެ. އެހެން ނަމަވެސް ވަޒީފާއިން ކަނޑާ ނުލައި އެހެން ތަން ތަނަށް މިމީހުން ބަދަލުކުރީ ކުށް ސާބިތު ނުވެ، ވަޒީފާއިން ވަކިކުރަން ދެއްކޭނެ އެއްވެސް ސާބިތު ހެއްކެއް ނެތުމުންނެވެ.

"ބޯޓު ޔާޑަށް އިންޖިނިއަރަން ޑިޕާޓުމަންޓަށް ބަދަލުކުރުމަކީ އަޅުގަނޑުމެން ޑީމޯޓިވޭޓް ކުރަން ކުރިކަމެއް. އޭރުން އަޅުގަނޑުމެން އަމިއްލައަށް ވަޒީފާއިން ވަކިވެގެން ދާނެނުންތޯ؟ ކުރީ ސަރުކާރުންވެސް މިގޮތަށް 2 މުވައްޒަފަކު ޑީމޯޓުކޮށް ބަދަލުކުރި. ބޭނުމަކީ ކަނޑާނުލާ އަޅުގަނޑުމެން އަމިއްލައަށް ވަކިވުން،"

އެފްއެސްއެމްއިން މައުލޫމާތު ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިކުރުވި:

މި މައްސަލާގައި މައުލޫމާތު ސާފުކުރުމަށް އެފްއެސްއެމްގެ ފަރާތުން ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ.

ފިއުލް ސަޕްލައި މޯލްޑިވްސްއަށް ގުޅުމުން އެ ކުންފުނީގެ ކޮމްޕެނީ ސެކެރެޓަރީ އައިޝަތު ރިޝްފާ މައުމޫން އެންމެ ފުރަތަމަ ވިދާޅުވީ "އެޗްއާރު އިން މައުލުމާތު ސާފުކުރުމަށްފަހު މައުލޫމާތު ފޯރުކޮށްދޭނެ" ކަމަށެވެ. ނަމަވެސް އޭގެ ގަޑީރެއްހާއިރު ފަހުން ގުޅުމުން ވިދާޅުވީ މެއިލްއެއް ކުރުމަށެވެ. އަދި މެއިލްއެއް ކުރުުމުން ވިދާޅުވީ ސިޓީއެއް ފޮނުވުމަށެވެ.

އަދި ފަހުން އެޗްއާރުން "ޝިރާޒު" ކިޔާ ބޭފުޅަކު ގުޅުމަށްފަހު ވިދާޅުވީ، އެ ކޮމްޕެނީން މުވައްޒަފުންނާމެދު އަމަލު ކުރަނީ "އުސޫލާ" އެއްގޮތަށް ކަމަށެވެ.

އެ ވިދާޅުވާ "އުސޫލަކީ" ކޮބައިތޯ ސުވާލުކުރުމުން ވިދާޅުވީ ސިޓީއަކުން އެ މައުލޫމާތު ސާފުކުރަން އެދެމަށެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ސަންޕަ

    ކޮއްމެން ޖެހިގުއިރޯނުގައި މިފަހަރު ތިޔަޖެހުނީ ކުރާނެއެއްކަމެއްނެތް އިންސާފް ހޯދަން ދާނެ ތަނެއް ނެއް މީ ޔާމީން ސަރުކާރައްވުރެ