ސްރީލަންކާގެ އާރމީ ކޮމާންޑަ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ސްރީލަންކާގެ އާރމީ ކޮމާންޑަރލެފްޓެނަންޓް ޖެނެރަލް ޖަގަތް ޖަޔަސޫރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރމުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުކުރީގައިރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް އެ އޮފީހުން ބުނެ އެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެދެމެދުގައި އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، ޚާއްޞަ ގޮތެއްގައިދެޤައުމުގެ ސަލާމަތީ ބާރުތަކުގެ ދެމެދުގައި އޮންނަނީ ވަރަށް ގާތްއިތުބާރުކުރެވޭ ގުޅުމެއްކަން ދެބޭފުޅުންވެސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުންބުނެ އެވެ. އަދިސިފައިން ތަމްރީން ކުރުމުގައާއި، މި ސަރަޙައްދުގެ ސަލާމަތީ ކަންކަންބެލެއްޓުމުގައި ދެޤައުމު ގުޅިގެން ހިންގިދާނެ ހަރަކާތްތަކާ ބެހޭގޮތުންދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްރިލަންކާގެ އާމީގެ ފަރާތުންވޭތުވެދިޔަ އަހަރުތަކުގައި ދިވެހި ސިފައިން ތަމްރީނު ކުރުމުގައި ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.

.

ކިޔުންތެރިންގެ ހިޔާލު