ދިވެހި ދުވުންތެރިއާ ސާއިދު ކުރިން ރަން މެޑަލް ހޯދި ދުވުމުން މިފަހަރު ލިބުނީ ހަތަރު ވަނަ

އެންމެ ފަހުން ބޭއްވި 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގަ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ހަސަން ސާއިދު އަށް މިފަހަރުގެ ދުވުމުން އެއްވެސް މެޑަލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

ސާއިދު ފައިނަލަށް ދަތުރުކުރީ މިއަދު އޭނާ ދުވި ހީޓުގެ ދެވަނަ ހޯދައިގެންނެވެ.

މިއަދު ހަވީރު 4:55 ގަގައި އޮތް 100 މީޓަރުގެ ދުވުމުގެ ފައިނަލް އިން ސާއިދު އަށް ލިބުނީ ހަތަރުވަނައެވެ. މިއީ ގިނަބަޔަކު އަޖައިބު ކުރުވިކަމެކެވެ.

ސާއިދު ވަނީ 2015 ވަނަ އަހަރު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ރާއްޖެ އަށް ހޯދާދީފައެވެ.

އެއީ ބައިނަލްއަގްވާމީ މުބާރާތަކުން އެތުލެޓިކްސް އިން ރާއްޖޭން ހާސިލްކުރި ފުރަތަމަ ރަން މެޑަލް ވެސް މެއެވެ.

އަދި ހަމަ އެ އަހަރު ބޭއްވި ގޭމްސްގެ 200 މީޓަރު ދުވުމުން ސާއިދު ރިހި މެޑަލް ވެސް ހޯދާފައިވެއެވެ.

100 މީޓަރު ދުވުމުން ސާއިދު ފައިނަލަށް ދަތުރުކުރިއިރު، އަންހެން 100 މީޓަރު ދުވުމުގައި ރާއްޖެއިން ވާދަކުރި ދެ އެތުލީޓުން ވަނީ ފައިނަލަށް ނުގޮސް ކަޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު