އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް އީރާނުން އަތުލައިގަނެފި. 

MH-60S helicopter hovers in the air with an oil tanker in the background as the USS John C. Stennis makes its way to the Gulf through the Strait of Hormuz, December 21, 2018. REUTERS/Hamad I Mohammed

އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް ( އައި. އާރް. ޖީ. ސީ ) ބުނެފައިވާ ގޮތުގަިއ އިނގިރޭސިވިލާތުގެ ދިދަ ޖާހާފައިވާ ތެޔޮ ޓެންކަރެއް ވަނީ އަތުލާގަނެފައި ކަމަށެވެ. 

އިރާނުގެ ގައުމީ ނޫހުން ވަނީ މިހަބަރު ގެނެސްދީފައެވެ. އީރާނުން ބުނެފައިވާ ގޮތުގައި މި ޓޭންކަރު އަތުލާގަނެފައިވަނީ ހޯމްސް ސަރަހައްދުންނެވެ.  އެމެރިކާގެ އަސްކަރީ އޮފިޝަލަކު ބުނެފައިވާ ގޮތުގައި މިއީ ތެދު ހަބަރެއް ކަމަށާއި އަދި އެ ޓޭންކަރު އަތުލާގަނެފައިވަނީ އީރާނުން ކަމަށެވެ. ނިމިގެން ދިޔަ ހަފްތާގައިވެސް އީރާނުން ވަނީ އިނގިރޭސިވިލާތުގެ ޓޭންކަރެއް އަތުލައިގަންނަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބު ނުވެފައިވަނީ އެމެރިކާގެ ނޭވީ އުޅަނދެއް އެވަގުތު އެސަރަހައްދުގައި ހަރކާތްތެރިވަމުން ދިއުމުގެ ސަބަބުންނެވެ. 

އިނގިރޭސި ސަރުކާރުގެ ތަރުޖަމާނު ބުނެފައިވަނީ މިހާދިސާ އިނގިރޭސިވިލާތުން ވަގުތުން ބަލަން ފަށާފައިވާ ކަމަށެވެ.

މި ޓޭންކަރު އަތުލައިގަތުމުން މިސަރަހައްދުގައި ކޯޅުންތައް ގޯހުން ގޯހަށް ދާނެކަމަށް ބެލެވެއެވެ. މިދިޔަ ބުރާސްފަތިދުވަހު އެމެރިކާއިން އީރާނުގެ ޑްރޯންއެއް ވަނީ ވައްޓާލާފައެވެ. އަދި އިންގިރޭސިވިލާތުން ވަނީ މިދިޔަ މަހު އިރާނުގެ އުޅަނދެއް ހިފަހައްޓާފައެވެ. މި ކޯޅުންތައް ފެށިފައިވަނީ ޖޫންމަހު އީރާނުން އެމެރިކާގެ ޑްރޯނެއް ހޯމްސް ސަރަހައްދުން ވައްޓާލުމާ ގުޅިގެންއެވެ. 

ކިޔުންތެރިންގެ ހިޔާލު