ފެބުރުއަރީ 1 ގެ އަމުރު ބާތިލުކުރި 3 ފަނޑިޔާރުންގެ ބަޔާން ނަގައިފި

މިދިޔަ 2018 ވަނަ އަހަރުގެ ފެބުރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ 5 ފަނޑިޔާާރުން ނެރުނު އަމުރު ބާތިލުކުރި 3 ފަނޑިޔާރުންް:—

މިދިޔަ 2018 އަހަރުގެ ފެބުރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުން ނެރުނު އަމަރު ބާތިލުކުރި 3 ފަނޑިޔާރުންގެ ބަޔާން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނަގައިފިއެވެ.

އެ ތިން ފަނޑިޔާރުންނަކީ، އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެެ.

ސިޔާސީ އިދިކޮޅު ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް 1 ފެބްރުއަރީ  2018 ގައި ނެރުނު އަމުރުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރެއްވި ނަމަވެސް، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު 5 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރުމަށް ފަހު، ޖެހިގެން އައި ދުވަހު ވަނީ އެ އަމުރުގެ ގައިދީން މިނިވަން ކުރަން އޮތް ބައި ބާތިލުކުރީއެވެ.

އެ އަމުރު ބާތިލު ކުރެއްވި ތިން ފަނޑިޔާރުންނަށް ކިޔާ އުޅޭނީ 'ފެބުއަރީ 1 ގެ އަމުރު ބާތިލު ކުރި ފަނޑިޔާރުން 'ނެވެ. ސަބަބަކީ މިއީ މިކަން ކުރެވިދާނެތޯ ދެކޮޅަށް ބަހުސް ކުރެވުނު ކަމަކަށް ވާތީއެވެ.

އެއްބަޔަކު ބުަނަނީ ފަސް ފަނޑިޔާރުން ނެރުނު އަމުރު ތިން ފަނޑިޔާރުންްނަށް ބާތިލު  ކުރެވިދާނެކަމަށެވެ.

އަނެއްބަޔަކު ބުނަނީ މެޖޯރިޓީއަށް ވުރެ އަގުލަބިއްޔަތު ބާރުގަދަ ވާނެކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމި ނިންމުން މެޖޯރިޓީ 3 ފަނޑިޔާރުންނަށް ބާތިލު ނުކުރެވޭނެކަމަށެވެ.

މި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން އަންނީ ބަލަމުންނެވެ. މިއަދު ބަޔާން ނަގާފައިވަނީ ޖޭއެސްސީން ބަލަމުން އަންނަ މައްސަލަތަކާ ގުޅޭގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު