ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މޮރިޝަސްގެ ބޮޑު ވަޒީރާ ބައްދަލުކުރައްވައިފި

ޚާރިޖީ ވަޒީރު އަލްފާޟިލް ޢަބްދުﷲ ޝާހިދު، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން މޮރިޝަސްގެ ޕްރައިމް މިނިސްޓަރ ހިޒް އެކްސެލެންސީ ޕްރަވިންދް ޖަގްނައުތްއާއި މިއަދު ބައްދަލު ކުރައްވައިފިކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ ޝާހިދުގެ އަރިހުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަލްފާޟިލް އަޙްމަދު މަޚްލޫފް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން މޮރިޝަސްގެ ޕްރައިމް މިނިސްޓަރަށް ރަސްމީ ސިޓީފުޅެއް އަރުވާފައެވެ. މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އެކި ދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ޚާރިޖީ ވަޒީރު މޮރިޝަސްއަށް މިހާރު ކުރައްވަމުން ގެންދާވާ ރަސްމީ ދަތުރުފުޅަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) 2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާޢީދު ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު