ސުޕްރީން ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރަން ކޮމެޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 ފަނޑިޔާރުންނަށް އިތުރުކުރުމަށް ކޯޓުތަކާއި ބެހޭ ޤާނޫނަށް ހުށައެޅި އިޞްލާޙު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

މި އިސްލާހު ފާސްކޮށްފައިވަނީ މެންބަރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރު ކުރަން އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވީ މިމަހު އެއް ވަނަ ދުވަހުއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުގެ މައި ޕާޓީ އެމްޑީއަށް ނިސްބަތްވާ މެމްބަރަކު ހުށަހަޅުއްވާފައިވައި މިވަނީ ސުޕްރީމް ކޯޓާ ރައްޔިތުންގެ މަޖިލީހާ ދެމެދު ސިސީގޮތުންް އަދި ގާނޫނީ ގޮތުން ބޮޑެތި ހިޔާލުތަފާތުުވުންތަކެއް އުފެދިފަވާ ދަނޑިވަޅެއްގައެވެ.

މަޖިލީހުން ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނާ، ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ހުރަސް ނޭޅުމަށް ސުޕްރީމް ކޯޓަށް އިލްތިމާސް ކޮށްފައެވެ. އަދި މަޖިލީހުގެ ފަރާތުން ވަނީ ޖުޝީޝަލް ސާވިސް ކޮމިޝަނަށް ސުޕްްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު ބެލުމަށް ވެސް އެދިފައެވެ.

ފަނޑިޔާރުންްގެ ފެންވަރު ބެލުމަށް ވާންޖެހޭ ތައްޔާރީތައް ޖުޑީޝަލް ސާވިސް ކޮމިޝަނުން އަންނަނީ ވަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު