ސަގާފީ އަދި ދީނީ ގަބޫލުކުރުންތަކުގެ ނަމުގައި ވެސް، އަންހެނުންނަށް ލިބޭން ހުންނަ ފުރުސަތުތައް ހަނިކުރޭ: މިންހާ

ފޮޓޯ ކޯޕަރޭޓް މޯލްޑިވްސް

ސަގާފީ އަދި ދީނީ ގަބޫލުކުރުންތަކުގެ ނަމުގައި ވެސް، ގައުމީ ފެންވަރުގައި އަންހެނުންނަށް ލިބޭން ހުންނަ ފުރުސަތުތައް ހަނިވެގެންދާކަމަށް ވިމެން އިން މެނޭޖެމެންޓް މޯލްޑިވްސް (ވިމް) ގެ ރާއްޖޭގެ ގޮފީގެ ރައީސާ، މިންހާ ފާއިޒް ރަޝާދު ވިދާޅުވެއްޖެވެ.

ވިމް އިން ދެމުން އަންނަ "ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2019" ހަފްލާގައި ވާހަކަ ދައްކަވަމުން މިންހާ ވިދާޅުވީ އަންހެނުންނަށް ދިމާވާ ތަފާތު ގޮންޖެހުންތަކުގެ ތެތޭގައި ޖިންސީ ފުރައްސާރަ ކުރުން ފަދަ ކަން ވަރަށް ބޮޑަށްދިމާވަމުން އަންނަކަމަށެވެ.

"ހައްގު މަގާމާއި ހައްގު ފުރުސަތުތައް ހޯދުމަށް ހުރިހާ ކަނބަލުން ވެސް ހިތްވަރު އެލުވައިނުލައި މަސައްކަތްކުރުން މުހިންމު،" މިންހާ ވިދާޅުވިއެވެ.

އަންހެނުން ބާރުވެރިކޮށް، މިންތީގެ ހަމަހަމަކަން ގައުމަށް ގެންނާން އެދޭ ނަމަ، ކަންކަމުގައި ގޮތް ނިންމާ ހިސާބުގައްޔާއި ލީޑަޝިޕު ފެންވަރުގައި އަންހެނުންނަށް ލިބޭ ނުވަތަ ދޭން ޖެހޭ ފުރުސަތުތައް އިތުރުކުރަން ޖެހޭ ކަމަށެވެ.

"އަދި ހައްގު މަގާމާއި ހައްގު ފުރުސަތުތައް ހޯދުމަށް ހުރިހާ ކަނބަލުން ވެސް ހިތްވަރު އެލުވައިނުލައި މަސައްކަތްކުރުން މުހިންމު. ތާރީޚަށް ބަލާ އިރު، ދިވެހި ކަނބަލުންނަނީ ފިރިހެނުންނާ އެއް ސަފެއްގައި ކަންކަމުގައި ފައިތިލަ ސާބިތުކުރަމުން އައިސްފައިވާ ބައެއް،" މިންހާ ވިދާޅުވިއެވެ.

ސިޔާސަތުތައް ބިނާކުރާ ފަރާތްތަކުން އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް އިތުރަށް ޔަގީންކޮށް ކަށަވަރުކުރާން ޖެހޭ ކަމަށާއި، ފުރުސަތުތައް ހޯދަން އަންހެނުން ގަދަ އަޅައި މަސައްކަތް ކުރަންޖެހޭކަމަށް އެނާ ވިދާޅިއެވެ.

"މި ބަދަލު ގެނެވޭނީ ހިތްވަރާ އެކު މަސައްކަތް ކޮށްގެން." މިންނު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ދޮންދޫނި

    ދީނާ ނުބެހި ނުތިބެވޭނެ ފެމިނިސްޓުންނަކަށް. ދީނޭ ކިޔާއިރު ދީނުގަ އޮތްގޮތައް އެބަ އުޅެވޭތަ؟ ދީނުގެ ނަމުގަ އަންހެނުން ބޭރުތެރަށްނެރެވުނު މަދީ އަދިވެސް