ޕްރައިމަރީގަ ކިޔަވައިދޭން ބިދޭސީ ޓީޗަރުން ހޯދަނީ

އަހަރުތަކަކަށްފަހު ޕްރައިމަރީ  ކިޔަވައިދޭން ބިދޭސީ ޓީޗަރުން ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފިއެެވެ.

އެ މިނިސްޓްރީން މިއަދު ބުނެފައިވަނީ "ދިވެހި ޓީޗަރުން ހޯދަން ދަތިތަކެއް" އެބަހުރިކަމަށެވެ.

އެޑިއުކޭޝަނުން މިހެން ބުނިނަމަވެސް ގިނައަދަދެއްގެ ދިވެހިން ކޮންމެ އަހަރަކުވެސް ޓީޗިން ކިޔަވައެވެ.

ބިދޭސީ ޓީޗަރުން ހޯދައިގެން ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދިނުން 2015 ވަނަ އަހަރުތ ސަރުކަރުން މީގެ ކުރިތން ހުއްޓާލާފައި އޮތީ ދިވެހިންނަށް އޮތް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށެވެ.

ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން ދެއްކެވި ވާހަކަ ފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ އެކަށީގެންވާ އަދަދަށް ދިވެހިން ތަމްރީނުނުކޮށް ނުނީ ދިވެހިރާއްޖޭގެ އާމްދަނީ ރާއްޖޭގައި ނުހިފެއްޓޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު