ދިހަ ރަށަކަށް ފެނަކައިން ޖަނެރޭޓަރު ފޮނުވައިފި

ދިހަ ރަށަކަށް އައު ޖަނަރޭޓަރ ފޮނުވާފައިވާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

މިއަދު ފޮނުވި ޖެނަރޭޓަރގެ ތެރޭގައި 400ކިލޯވޮޓްގެ 6 ޖަނަރޭޓަރާ 600 ކިލޯވޮޓްގެ 2 ޖެނަރޭޓަރާއި 800ކިލޯވޮޓްގެ ޖެނަރޭޓަރަކާއި 350ކިލޯވޮޓްގެ ޖެނަރޭޓަރއެއްވެސް ހިމެނެއެވެ.

މިއަދު ޖަނެރޭޓަރު ފޮނުވީ ގދ.ވާދޫ، ގދ.މަޑަވެލި، ތ.ހިތިލަންދޫ، ހއ.އިހަވަންދޫ، ގއ.ގެމަނަފުށި، ރ.އިނގުރައިދޫ، ސ.ހުޅުމީދޫ، ބ.ކެންދޫގެ އިތުރުން ޅ.ކުރެންދޫ އަދި ގއ.މާމެންދޫ އަށެވެ. .

ރާއްޖޭގެ ރަށްރަށަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިއަހަރު އެކަނިވެސް 153 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު