އޭސީސީގެ މެމްބަރުކަމަށް ރައީސް މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރޭގައި ފަސް މީހެއްގެ ސީރިއަސް މައްސަލަތަކެއް!

އޭސީސީގެ މެމްބަރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފޮނުވްވި 12 ބޭފުޅުންގެ ތެރެއިން ސީރިއަސް މައްސަލަތަކެއް ހުރިކަމަށް މި ނޫހަށް ފާހަގަވާ 5 ބޭފުޅުން: —

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އޭސީސީއަށް ފޮނުއްވި ނަންތަކުގެ ސީރިއަސް މައްސަލަތަކެއް ހުރި މީހުންްތަކެއް ތިބިކަން 'އެމްވީ ޓައިމްސް' އިން ހިންގި ތަހުގީގަކަށް ހާމަވެއްޖެއެވެ.

ރައީސް 12 މީހެއްގެ ނަން މަޖިލީހަށް ފޮނުވާފައިވަނީ މިމަހު 10 ވަނަ ދުވަހުއެވެ.

މި ނަންތައް އެމްވީ ޓައިމްގެ ފަރާތުން ދިރާސާ ކޮށް ބެލިއިރު ރައީސް ފޮނުއްވި ނަންތަކުގެ ތެތެއިން 5 މީހުންނަށް އަމާޒުވާ ސީރިއަސް މައްސަލަތަކެއް ފާހަގަވިއެވެ. އެ ފަސް މީހުންނާ ގުޅޭގޮތުން މި ނޫހަށް ފާހަގަވި ކަންތައްތައް ތިރީގައި މިވަނީއެވެ.

ޒީނިޔާ ޢަބްދު الله/ މަދޮށި، ހއ.ބާރަށް 

ޒީނިޔާ ޢަބްދުالله އަކީ އެމް.ޑީ.ޕީގެ ނާއިބުރައީސް މުޙައްމަދު ޝިފާޒުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. ޝިފާޒުއަކީ އެމް.އެމް.ޕީއަރ.ސީ މައްސަލައިގައި ހިމެނޭ އަސީލްގެ ގާތް ރައްޓެއްސެކެވެ. ޒީނިއާ އަކީ އޭ.ސީ.ސީ އިން އެމް.އެމް.ޕީ.އާރ.ސީ މައްސަލަ ލީޑުކޮށް ބެލި އެއް އިންވެސްޓިގޭޓަރެވެ.

މައްސަލައއިގައި އޭ.ސީ.ސީ ގެ މެންބަރުންނަށް ފައިސާ ލިބުނުބައި ނުބެލުމަށް އިންވެސްޓިގޭޝަން ޓީމަށް "ޒީނިޔާ އަންގާފައިވާ ކަމަށް އަދި މެންބަރުން ބޭނުންވާގޮތް ނޫން އެހެން ގޮތްގޮތަށް މައްސަލަ ބަލަންބޭނުންވި މީހުން މައްސަލަ ބާލާ ޓީމުން ބޭރުކުރީ ޒިނިޔާ" ކަމަށް އެމްވީޓައިމްސް އަށް ލިބުނު މައުލޫމާތުތަކުން ހާމަވެއެވެ.

އެމް.އެމް.ޕީ.އާރ.ސީ މައްސަލައިގައި ހިމެނޭ އަމީން އެވެނިއުއިން އޭ.ސީ.ސީ ގެ މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލްއަށް ފްލެޓް ލިބުނު މައްސަލަ ނުބަލާ އެކަމާ ގުޅުންހުރި ހުރިހާ ލިޔެކިޔުމެއް ނައްތާލީ ޒީނިޔާ އިސްވެހުރެ ކަމަށް މައުލޫމާތު ލިބެއެވެ.

މިކަންކަމުގެ ބަދަލުގައި އޭނާއަށް މިހުރިހާ ކަމެއް ކޮށްދިނުމުން ޗައިނާއިން ސްކޮލާޝިޕެއް ލިބުނެވެ.

އޭސީސީން އޭނާއަށް ވަނީ އެއް އަހަރު ދުވަހުގެ "ލީވެއް" ދީފައެވެ. މި ޗުއްޓީ އޭނާއަށް ދިން އިރު އެ އޮފީހުގައި މިފަދަ "ލީވްތަކަށް" އެތައް މުވައްޒަފުންނެއް ދިޔައީ އެދެމުންނެވެ. މި "ލީވްގަ" ކިޔަވައިގެން އައުމުން ސީނިއާރ އިންވެސްޓިގޭޓަރ ކަން އޭސީސީން ދިނެވެ.

އަދި އޭގެ ފަހުންވެސް ގްރެޖުއޭޝަން އަށް ޒީނިޔާއަށް  3 މަހުގެ ލީވްދިނީ ކިހިނެތްކަން އަދި ވެސް އޭސީސީގެ އެޗްއާރ ޑިޕާރޓްމަންޓުން މުވައްޒަފުންނަށް ހާމަކޮށްދީފައެއް ނުވެއެވެ.

ޒީނިޔާ އޭސީސީއަށް ގެންނަން އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ބެފުޅަކީ މިހާރު އޭސީސީގެ ރައީސް މުޢައްވިޒް ރަޝީދުއެވެ.

"ޒީނިއާ އެމް.އެމް.ޕީ.އާރ.ސީ މައްސަލައިގެ އިސްމީހަކަށްލީ އެމް.ޑީ.ޕީގެ ވެރިކަމެއްގައި މެންބަރުކަމަށް ގެނެސް މައްސަލަތަށް އޮއްބާލުމުގެ ހީލަތްތެރި ރޭވުމުގެ ދަށުން" ކަމަށް މި ނޫހުން އިންޓަވިއު ކުރި އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ދެއެވެ.

އާރިފް ރަޝީދު / ބާރޑްވިލާ / ބ ތުޅާދޫ

އާރިފް ރަޝީދަކީ އެސެޓް ރީކަވަރީ ކޮމިޝަނުގެ ރައީސް އައްސަދުގެ ގާތް އެކުވެރިއެކެވެ. އަދި އާރިފް މިހާރު މަސައްކަތްކުރަނީވެސް އެސެޓް ރިކަވަރީކޮމިޝަނުގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހު މަރުހަލާގައި "ހިނގި ހުރިހާ ވައްކަމެއް ފޮރުވުމަށް އޭސީސީ ތެރެއިން މަސައްކަތްކުރީ އާރިފް" ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ބުނެއެވެ. ރަޝީދު، އޭރު ހުރީ އޭސީސީގެ އިންޓެލިޖެންސް ޑިޕާރޓްމަންޓުގެ ހެޑުގެ މަގާމުގައެވެ.

"މިހާރު މަސައްކަތް ކުރަނީ އެމް.ޑީ.ޕީގެ ބެކިންގައި ކޮމިޝަނުގެ މެންބަރު ކަމަށް އަންނަން  ކަމަށް" ވެސް އެ މަސްދަރުތަކުން މި ނޫހަށް މައުލޫމާތު ދެއެވެ.

އަބްދުالله ޔާމީން އާއި އޭސީސީ އާދެމެދު އެސްޓްރޯ އެކައުންޓެއް ހުޅުވައި އެއަށް ހިޔާނާތުގެ އެތައްފައިސާތަކެއް ވެއްދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރެއްވުމުގައި އާރިފް އަމަލީގޮތުން ބައިވެރިވި ކަމަށް ވެސް މި ނޫހަށް މައުލޫމާތު ލިބެއެވެ.

ރައީސް ޔާމިންގެ ވެރިކަން ނިމެނުން ދަނިކޮށް "އުސޫލުން ބޭރުން" ޑަބަލް ޕްރޮމޯޝަން އާރިފްއަށް ލިބުނެއެވެ. އަދި އެ މައްސަލަ ޖެއްސުމުން އޭސީސީން ދެ މުވައްޒަފަކު ވަޒީފާއިން ވަކިކުރިއެވެ.

 އާޢިޝަތު ޢަބްދުﷲ / ރޯލްގޯލްގެ / ޅ. ހިންނަވަރު

ނަސަންދުރައިގެ މައްސަލަ ޔާމީން އާއި އޭސީސީ މެންބަރުން "ބޭނުންވާ ގޮތަށް ބަލައި ދިނުމުން ލައްކާއިން ކިޔެވުމުގެ ފުރުސަތުދިން އައިޝަތު އަބްދުﷲ" އަށް ލިބުނުކަމަށް އެމްވީޓައިމްސްގެ މަސްދަރުތަކުން ބުނެއެވެ.

އިޝަތު ޢަބްދުالله ސްރީލަންކާއަށް ދިޔުމުން ޓީމާ ހަވާލުވި އިންވެސްޓިގޭޓަރު އަލުން ނަސަންދުރައިގެ މައްސަލަ ބެލުމުން ބެލިބެލުމުގައި މައްސަލަތަކެއް ހުރިކަން ވަނީ ހާމަވެފައެވެ.

އައިޖީއެމްއެޗްގެ ފަންސަވީސްބުރިގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތްކަމަށް ނިންމާފައިވަނީއާޢިޝަތު ޢަބްދުﷲ ވަނީ ނިންމާފައެވެ.

ސްރީލަންކާއިން ކިޔަވައިގެން އައުމުން ޔާމީން ވެރިކަމުގެ ފަހުދުވަސްވަރު ފިނޭންސް މިނިސްޓްރީގެ ޑިޕާރޓްމަންޓެއްގެ ހެޑަކަށްހަމަޖައްސައި މިހާރު މަސައްކަތްކުރަނީ މިނިސްޓްރީ އޮފް ފިނޭސްގައެވެ.

އޭސީސީގެ ރައީސް މުއައްވިޒު އަދި ބްރޮޑްކާސްޓިން ކޮމިޝަނުގެ ކުރީގެ މެމްބަރު ސޮފްވާން އާއި ރަހުމަތްތެރިކަން އާއިޝަތު އަބްދުﷲ ބާއްވައެވެ.

ސަންދުރަ ދިގުމުއްދަތަކަށް ބިސްމަނިކުއަށް ދިން މައްސަލަބެލުމުގައިވެސް ޢާއިޝަތު ޢަބްދުالله ވަނީ ބަލާފައެވެ.

އާދަ މް ޝާމިލް/ ރަތްވިލާގެ،ތ.ވިލުފުށި

ރިސާޗް ޔުނިޓުގައި މަސައްކަތްކުރަމުން ދަނިކޮށް މެންބަރުންގެ ނުފޫޒުން އިންވެސްޓިގޭޓަރަކަށް ބަދަލުކުރި ނަމަވެސްމިއަދާހަމައަށްވެސް އިންވެސްޓިގޭޓަރެއްގެ މަސައްކަތް ނުކުރޭ، މިހާރު ޕްރޮމޯޝަން ދޭންވަނީ ނިންމާފައެވެ.

މި މައްސަލާގައި ފޮނުވި ސިޓީއެއް މަޖިލީހުގެ މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީގައި އެބައޮތް ކަމަށް މައުލޫމާތު ލިބެއެވެ.

"ޕްރޮމޯޝަން އާގުޅީގެން މުޅި އޮފީހުގެ ތެރޭގައިވަނީ ބައިބައިވުން އުފެދިފައި، މުޅި އޮފީހުގެ މަސްލަހަތު ގެއްލުމުގެ އަސްލަކީ ޝާމިލް. މުޅި އޭސީސީ އިން ޔާމިންގެ ދިފާޢުގައި ވާހަކަދައްކުމުގައި އަދި ޔާމީންގެ ވެރިކަން ދިފާޢުކުރުމަށް ވާހަދައްކާ އެންމެއިސްމީހަކީ އާދަމް ޝާމިލް" ކަމަށް އެމްވީޓައިމްސްއާ ވާހަކަ ދެއްކި އޭސީސީގެ ބައެއް މުވައްޒަފުން ބުނެފައިވެއެވެ.

މުޖްޠަބާ ހަމީދު / ދީފްރޮމްގެ / ރ، ކަދޮނޅުދޫ

މުޖްތަބާއަކީ އޭސީސީގެ ސެކްރެޓަރީ ޖެނެރަލްއަކަށް ހުރިއިރު ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުކުރެވޭ މީހެކެވެ.

އެސީސީގެ ވަޒީފާއަށް މީހަކު ނެގުމުގައި އިންޓަވިއުމާކްސް ބަދަލުކުރި ކަމުގެ މައްސަލައެއް ވަނީ ބަލާފައި މިމައްސަލަވަނީ އޭސީސީގެ އެތެރޭގެ ތަހުގީގަކަށް ސާބިތުވެފައިކަމަށް ވެސް މަސްދަރުތަކުން މައުލޫމާތު ދެއެވެ.

އޭސީސީގެ މެންބަރުންގެ ނިންމުމެއްނެތި މެންބަރުންގެ ޤަވާއިދަށް ބަދަލުގެނައުމުގެ މައްސަލައެއްވަނީ ބަލާފައެވެ. މި މައްސަލަ ވެސް އޭސީސީގެ އެތެރޭގެ ތަހުގީގަކަށް ވަނީ ސާބިތުވެފައިކަމަށް މަސްދަރުތަކުން ބުނެއެވެ.

އޭސީސީގެ މެންބަރުންގެ ނިންމުމެއްނެތި ދަޢުލަތުގެ އެހެން އިދާރާތަކަށް ރަސްމީ މަޢުލޫމާތު ހިއްސާކުރި ކަމުގެމައްސަލައެއްބެލިއެވެ.

އެ ކޮމިޝަންގެ މުވައްޒަފަކު މެންބަރުންނަށް ނޭންގި ކޮމިޝަނުން ވަކިކުރި މައްސަލައެއް ބެލިއެވެ. މި މައްސަލަވެސް ވެސް އެ ކޮމިޝަނުގެ އެތެރޭގެ ތަހުގީގަކަށް ވަނީ ސާބިތުވެފައެވެ.


އޭސީސީ އަށް މެމްބަރުން އައްޔަން ކުރެއްވުމަށް އެދި ރައީސުލްޖުމްހޫރީއްޔާ ފޮނުއްވި ސިޓީފުޅުގައި ވަނީ އެ ކޮމިޝަންގެ މެމްބަރަކު މި މަހު ތިންވަނަ ދުވަހު އިސްތިއުފާ ދެއްވައިފައިވުމާއި ބާކީ ތިއްބެވި ހަތަރު މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތު ސެޕްޓެމްޓަރ ނުވައެއް ގައި ހަމަވާކަމަށް ވިދާޅުވެފައެވެ.

މަޖިލީހަށް ފޮނުއްވައިފައިވަނީ އެ ކޮމިޝަނަށް ކުރިމަތި ލުމަށް އާއްމުކޮށް އިޢުލާން ކުރެއްވުމުން އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ 12 ބޭފުޅުންގެ ނަންފުޅެވެ.

އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި މަތީގައި ބަޔާންކުރެވިފައިވާ ފަސް މީހުންނަކީ މަޖިލީހުން ރުހުން ދިނުމަށް "ޑީލެއް" މިހާރުވެސް ހެދިފައިވާ މީހުންނެވެ.

ސަރުކާރުން ކަރަޕްޝަނަށް ގެންގުޅެނީ "ޒީރޯ ޓޮލަރެންސް ޓު ކަރަޕްޝަން" ކަމަށް ބުނާއިރު މިފަދަ ނަންތަކެއް ރައީސް ސާލިހު ފޮނުއްވުމަކީ "ޒީރޯ ޓޮލަރެންސް" ދަމަހައްޓަން ކުރާ މަސައްކަތާކަމެދު ސުވާލު އުފެދޭކަމެކެވެ.

ނޯޓު: މި ތަހުގީގަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަށުން މި ނޫހުން ހިންގި ތަހުގީގެކެވެ. އަދި އެ މާއްދާއިގައި ބުނެފައިވާ ގޮތަށް "ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ" އެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

  1. ބަޗަން

    ޗަ ބުނާ އައިސާ އަކީ ހައުދަހާ ވަރުގަދަ ކޮޔެކޭ އުތަ؟ ޗަކޮޔަށް އިބޫ ކިޔަވޭޑިފަ، ޔާމީނު ކައުޅު ކިޔަވޭދީފަ، ބަޗަން ކިޔަވޭދީފަ ދެންނެތެއްނު ނުކިޔަވޭދީ މީހަކު، ޗަ ވާގޮތް މަށަށް އެގޭ، ޗަ އުޅެކީ ޗަ ތިބި 5 ކުދީންނަކީ ނަޒާހާތްތެރި ޤާބިލް ކުދިންވީމައި ޗަކުދިންގެ އަބުރު މޮޑެލޭފަ ބުރުވޭލާން ދޯ، ހަމަ ހިލާ ޗަހެެން ވިޔަ ނުދޭނަން، އޭ.ސީ.ސީ ގައި ޗައުޅޭ ކައުޅުތައް ލުލް.. ލުލް.. ހަމަ ލުލް
    އާރިފާއި، ޒީނިޔާއި، ޝާމިލާއި، އާއިސާއި ހޮވާނު، ހަމ ހޮވާނު.. ދެން ލުލް.. ޔާމީނު ލުލް