ބާކައުންސިލްގެ ނައިބް ރައީސް އަކީ އަބްދުﷲ މުއިއްޒު

ބާކައުންސިލްގެ ނައިބު ރައީސްކަމަށް  ކުރީގެ އޭޖީ އަބްދުﷲ މުއިއްޒު އިންތިހާބު ވެއްޖެއެވެ.

މި އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވީ 407 ވޯޓް ހޯއްދަވައިގެންނެވެ. މުއިއްޒުއާ ވާދަކުރެއްވި ކުރީގެ ފަނޑިޔާރު ހަލީމް އަށް ލިބި ވަޑައިގަތީ 54 ވޯޓެވެ.

ބާކައުންސިލް އިންތިހާބުގަ ވޯޓުލާން 1487 ވަކީލުން ރެޖިސްޓާވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބާކައުންސިލް އިންތިިހާބުގަ ވޯޓުލާން ނުކުތީ 64.2 ޕަސަންޓު މީހުންނެވެ.

ބާ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވެ ވަޑައިގެންނެވީ މައުމޫން ހަމީދެވެ.

ކިޔުންތެރިންގެ ހިޔާލު