ބާ ކައުންސިލްގެ ރައީސް އަކީ މައުމޫން ހަމީދު

ބާ ކައުންސިލްގެ ރައީސްކަމަށް މައުމޫން ހަމީދު އިންތިހާބު ކޮށްފިއެވެ.

މާލޭގައި ބެހެއްޓި ފުރަތަމަ ފޮށިން މައުމޫން ހަމީދު 260 ވޯޓު ހޯދި އިރު ހުސްނުއް ސޫދު ހޯދާފައިވަނީ 200 ވޯޓެވެ.

އައްޑޫގައި ބެހެއްޓި ވޯޓު ފޮށިން ހުސްނުއްސޫދު 5 ވޯޓު ހޯއްެދެވިއިރު މައުމޫން ހަމީދު ވަނީ 7 ވޯޓު ހޯއްދަވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބާކައުންސިލް އިންތިިހާބުގަ ވޯޓުލާން ނުކުތީ 64.2 ޕަސަންޓު މީހުންނެވެ.

ބާކައުންސިލް އިންތިހާބުގަ ވޯޓުލާން 1487 ވަކީލުން ރެޖިސްޓާވިއެވެ.

މައުމޫން ހަމީދަށް 267 ވޯޓް ލިބިފައިވާއިރު ސުއޫދަށް ލިބިލެއްވީ 196 ވޯޓެވެ.

އިތުރު ފޮއްޓެއްގެ ނަތީޖާ އަދި ނުލިބެެއެވެ.

މި އިންތިހާބުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާނު ކުރާނެކަމަށް ބެލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު