ޓުރަމްޕަކީ މީޑީތަކަށް އޮތް ބިރެއް: އަމާލް ކުލޫނީ

އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕް އަކީ މީޑީތަކަށް ފުރައްސާރަ ކޮށް މީޑިއާގެ އަގު ވަޒަން ނުކުރާ ރައީސެއް ކަމަށާ އަދި ޓްރަމްޕަކީ މީޑިއާތަކަށް ބިރުވެރި ކަމެއްގެ ގިތުގައި އާމާލް ކުލޫނީ ސިފަކުރއައްވައިފިއެވެ.

ދުނިޔޭގެ މީޑިއާގެ މިނިވަންކަމާ ބެހޭ ގޮތުން ލަންޑަނުގައި މިދިއަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުން މަޝްހޫރު ގާނޫނީ ވަކީލް އަދި ހޮލީވުޑް ފިލްމީތަރި ޖޯޖް ކްލޫނީގެ އަންހެން، އަމާލް ކުލޫނީ ވިދާޅުވެފައިވަނީ ޑޮނާލްޑް ޓުރަމްޕް އަކީ މީޑިއާތަކަށް ފުރައްސާރަ ކޮށް މީޑިއާގެ އަގު ވަޒަން ނުކުރާ ރައީސްއެއް ކަމަށެވެ.

އިންޓަނޭޝަނަލް ހިއުމަން ރައިޓްސް ލޯޔަރ ، އަމާލް ކުލޫނީ މި ބައްދަލުވުމުގައި ނޫސްތަކުގެ މިނިވަން ކަމަށް ވާހަކަ ދަށްކަމުން ވިދާޅުވީ އެމެރިކާގެ ހަތަރުވަނަ ރައީސް ޖޭމްސް މެޑިސަން އަކީ ނޫސްތަކުގެ މިނިވަން ކަމުގެ މުހިންމުކަން ވަރަށް ރަނގަޅަށް ކިޔާދީ އެކަމަށް އަމަލީ މަސަކަތްތައް ކޮއްފައިވާ ރައީސް އެއް ކަމަށެވެ. ނަމަވެސް މީހާރު ހުރި އެމެރިކާގެ ރައީސްއަކީ އޭގެ އިދި ކޮޅުކަމަށެވެ.

"އެހެން ކަމުން ޓްރަމްޕުގެ ނޫސްވެރިންނަށް ބިރުވެރިކަމާ ކުރިމަތިލާން ޖެހޭ. ހުދުމުހުތާރުކަމާ ، އެކަނިވެރިކަން އަދި ގައުމިޔަތުކަން އެމެރިކާގައި ކުރި އަރަމުން އަންނަ އިރު ބައިނަލް އަގުވާމީ މުއައްސަސާތަކުގެ މުހިންމުކަމާ ހަދާފައިވާ ގާނޫންތަކަށް އިހުތިރާމު ކުރުމާ މެދު އޮތީ ސުވާލު އުފެދިފަ،" އާމާލް ކުލޫނީ ވިދާޅުވިއެވެ.

އާމާލް ވިދާޅުވީ ތުރުކީގެ ހުންން ސައުދީގެ އެމްބަސީ ތެރެއިން މަރާލާފައިވާ ނޫސްވެރިއާގެ ޖަމާލް ހަޝޯގީގެ ހައްގުގައި ގައުމުތަކުގެ ވެރިން ދީފައިވާ ޖަވާބަކީ ދެ ކޮނޑު ހުޅު އުފުލާލުން އެކަނިކަމަށެވެ.

މި ބައްދަލުވުމުގައި ރާއްޖެއިން ވެސް ވަނީ ބައިވެރިވެ އަދި ދުނިޔޭގެ މީޑިއާތުކުގެ މިނިވަނަންކުމުގެ އަހުދުނާމާގައި ސޮއެ ކޮށްފައެވެ. ސޮއެ ކޮށްފައިވަނީ ރާއްޖޭންއިން ޔޫ.ކޭ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޮކްޓަރް ފަރަހަނާޒް ފައިސަލްއެވެ.

ކިޔުންތެރިންގެ ހިޔާލު