ބާ ކައުންސިލްގެ އިންތިހާބަށް ފިނި ތަރުހީބެއް

އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބާކައުންސިލް އިންތިިހާބުގަ ވޯޓުލާން ނުކުތީ 64.2 ޕަސަންޓު މީހުންނެވެ.

މިއީ ރާއްޖޭގައި އިލެކްޝަންސް ކޮމިޝަނުން ބޭއްވި މިފަދަ އިންތިހާބުތަކާ އަޅާބަލާއިރު މަދު އަދަދެދެކެވެ.

ބާކައުންސިލް އިންތިހާބުގަ ވޯޓުލާން 1487 ވަކީލުން ރެޖިސްޓާވިއެވެ.

މިދިޔަ އަހަރު ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން، 88.8 ޕަސެންޓް މީހުން ވަނީ ވޯޓު ދީފައެވެ. އަދި 2013 ވަނަ އަހަރުގެ އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތް އުޅެނީ 91.4 ޕަސެންޓުގައެވެ.

ނިމިދިޔަ މަޖްލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު 264.442 މީހުންނަށް ލިބިގެންވާ މީހުންގެ ތެރެއިން، ވޯޓުލި މީހުންގެ އަދަދު 212،079 އަށް އަރައެވެ.

މި އިންތިހާބުގަ ވޯޓުލާން 3 ވޯޓު ފޮށި ބެހެއްޓިއެވެ. އެއީ މާލޭގަ ދެ ވޯޯޓު ފޮށި އަދި އައްޑޫސިޓީގަ އެއް ވޯޓު ފޮއްޓެވެ.

މިއަދު ހަވީރު 5:00 ގައި ވަނީ ވޯޓު ފޮށިތައް ބަންދުކޮށްފައެވެ. އަދި އައްޑޫގެ ވޯޓު ފޮށީގެ ވަގުތީ ނަތީޖާވެސް މިހާރު ވަނީ އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު