އިންޑިއާގެ ރެޕް ތަރި ބާދްޝާހުގެ އާ ލަވަ ޔޫޓިއުބުގެ ރިކޯޑެއް މުގުރާލައިފި

އިންޑިއާގެ ރެޕް ތަރި ބާދްޝާހުގެ އާލަވަޔަށް 24 ގަޑި އިރުތެރޭ 76 މިލިއަން ވިއުސް ލިބި ޔޫޓިއުބެގެ އާ ރިކޯޑެއް މި ވަނީ ހޯދާފައެވެ.

" ޕާގަލް " ނަމަކަށް ކިޔާ މިލަވަ ނެރެފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. މި ލަވަ ވަނީ ޓެލާ ސްވިފްޓް އަދި ސައުތު ކޮރެއާ ބޯއި ބޭންޑް ބީ.ޓީ.އެސްގެ ފަހަތަށް ޖައްސާލާފައެވެ.

ބީ.ޓީ.އެސްގެ ލަވަ " ބޯއި ވިތް ލަވް " ލިބިފައިވަނީ 74 ވިއުސްއެވެ.

ޓެލާ ސްވިފްޓްގެ " ލަވަ ލުކް އެޓް ވަޓް ޔޫ މޭޑް މީ ޑޫ " މިހާރު އޮތީ ތިން ވަނާގައެވެ.

ބާދްޝާހު މިކަމާ ގުޅޭ ގޮތުން ބުނެފައިވަނީ، މި ވަރުގެ ޝަރަފެއް ލިބުމުން އުފަލުން ފުރިގެންދާ ކަމަށާ އަދި އުންމީދަކީ އިންޑިއާ އިން ފެށިގެން ދުނިޔޭގެ ހުރިހާ ހިސާބަކަށް މި މިއުޒިކް ފޯރުކޮށް ދިނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު