ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެއްޖެ

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެއްޖެއެވެ.

މިއަދު އަނެއްކާވެސް މިއަޑުއިވުނި 12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 21 އަހަރުގެ ފިރިހެނެއް ހައްޔަރު ކުރި ވާހަކައެވެ.

އެގޮތުން މެއި މަހު އެކަނިވެސް 34 ކުއްޖަކަށް ޖިންސީ އަނިޔާކޮށްގެން ރިޕޯޓުކޮށްފައިވާއިރު، 34 ކުއްޖަކަށް ޖިސްމާނީ އަނިޔާކުރި ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

މޭމަހުގެ 26 ފެށިގެން މިއަދާ ހަމައަށް މިފަދަ 12 މައްސަލައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ޅުމާލޭގައި ކުޑަ ދެ ފިރިހެން ކުދިންނާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު 12 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކުރުން.

27 މެއި 2019: 

ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ފުލުހެއްގެ މައްސަލަ ތަހުގީގު ކުރަން ފެށުން.

ރާއްޖޭގެ ރަށެއްގައި ދޮން ބައްޕައަކު ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ބަލަން ފަށުން.

6 ޖޫން 2019: 

ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލުން

ބައްޕަގެ ފަރާތުން ލިބެމުން ދިޔަ ޖިންސީ ގޯނާ އަމިއްލަ އަށް އަންހެން ކުއްޖަކު ރިޕޯޓު ކުރުމުން، އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް އެހެން ބަޔަކު ވެސް އޭނާ އަށް ޖިންސީ ގޯނާކުން

އއ. އަތޮޅުގެ ރަށެއްގައި އުމުރުން ހަތް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ނުކުރެވި ދިގު ދެމެމިގެންދާކަމަށް މީޑިއާތަކުން ރިޕޯޓުކުރުން.

އއ. އަތޮޅުގެ ރަށެއްގައި އުމުރުން ހަތް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކުރުން

14 ޖޫން 2019: 

ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި މީގެ ދެ އަހަރު ކުރިން 15 އަހަރަށް ޖަލަށް ހުކުމްކޮށްފައި ހުރި މީހެއްގެ ހުކުމް ހައި ކޯޓުން ބާތިލްކުރުން

24 ޖޫން 2019:

ރާއްޖޭގެ ރަށެއްގައި ފިރިހެން ޓީޗަރަކު އެ ރަށުގެ ސްކޫލު ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބެލެވޭ މައްސަލައަކާ ގުޅިގެން އޭނާ ހައްޔަރުން

27 ޖޫން 2019

ރާއްޖޭގެ ރަށެއްގައި ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރުކުރި އުމުރުން 71 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރުން

7 ޖުލައި 2019: 

ދެކުނުގެ ރަށެއްގައި އަށް އަހަރުގެ ކުޑަ އަންހެންކުއްޖަށް މީހަކު ޖިންސީ ގޯނާކުރި މައްސަލައެއް ބަލަންް ފެށުން

ހުޅުމާލެ ހޮސްޕިޓަލުގެ ފިޒިއޮތެރަޕިސްޓަކު އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ތަހުގީގު ކުރަން ފެށުން

ކިޔުންތެރިންގެ ހިޔާލު