އުތުރު އިންޑިއާ އަދި ނޭޕާލަށް ކުރަމުންދާ ވިއްސާރާގަ 31 މީހުން މަރުވެ އެތައް ބަޔަކު ހާލުގަ ޖެހިއްޖެ

އުތުރު އިންޑިއާ އަދި ނޭޕާލަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން 31 މީހުން މަރުވެ އެތައް ބަޔަކު ހާލުގަ ޖެހިއްޖެއެވެ.

އިންޑިއާ އަދި ނޭޕާލަށް ކުރިމަތިވަމުން އަންނަ ވިއްސާރަ މޫސުން ގޯސްވެ ފެންބޮޑުވެ ބިންގަނޑު ކަނޑާގެން ދިއުމުގެ ސަބަބުން 31 މީހުން މަރުވެ އަދި 100 ވުރެ ގިނަ ގެތަށް ވަނީ ބިމާ ހަމަވެފައެވެ.

އިއްޔެގެ ވަގުތެއްގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިންގަނޑު ކަނޑާގެން ގޮސް ފެންބޮޑުވެ ފެން ކޯރު ހެދިފައިވާނީ އިންޑިއާގެ އުތުރުގެ ދެ ސްޓޭޓަށާ އަދި ނޭޕާލަށެވެ. އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ އިންޑިއާގެ އައްސާމް ސްޓޭޓަށެވެ. އިއްޔެގެ އެކަނިވެސް އެ ސްޓޭޓުން 6 މީހުން މުރުވެފައިވާ އިރު އެސުޓޭޓުގެ 21 ޑިސްޓްރިކްޓަށް ވަނީ މީގެ އަސަރު ކޮއްފައެވެ. އަދި 1556 މީހުން ސަލާމަތީ ސަރަހައްދަ ބަދަލު ކޮއްފައިވާ ކަމަށް އިންޑިއާއިން ބުނފެއިވެއެވެ.

އައްސާމް ސްޓޭޓު ޑިޒާޒްސްޓާ މެނޭޖުމެންޓް އޮތޯރިޓީއިން ބުނެފައިވާ ގޮތުގައި މިހާތަނަށް 869,024 މީހުނަށް މި ވާރޭގެ އަސްރު ކޮއްފައިވާ ކަމަށެވެ. އަދި ނޭޕާލު ބޯޑަރު ސަރަހައްދުން 17 މީހުން މަރުވެފައިވާއުރު އެތެއްބަޔަކު ގެއްލިފައިވާ ކަމަށް އެގައުމުން ބުނެއެވެ.

މޫސުމާ ބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުން ކުރިއަށް އޮށް 3 ދުވަހުވެސް މޫސުން ގޯސްވި ނަމަވެސް ބޯކޮށް ވާރޭ ނުވެހޭނެކަމަކަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު