ބާކައުންސިލްގެ އިންތިހާބުގައި މިހާތަނަށް ވޯޓުލީ 40 ޕަސަންޓު މީހުން: އީސީ

ބާކައުންސިލްގެ އިންތިހާބުގައި މިހާތަނަށް ވޯޓުލީ 40 ޕަސަންޓު މީހުންކަމަށް އިލެކްޝަންސް ކޮމިޝަންް، އީސީ އިން ހާމަކޮށްފިއެވެ.

އެ ކޮމިޝަނުން ބުނީ ބާ ކައުންސިލްގައި ވޯޓުލާން 1487 މީހުން ރެޖިސްޓާ ވެފައިވާކަމަށެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވަމީ ގާނޫނީ ވަކީލުންނަށް އެކަންޏެވެ.

ވޯޓުލުން ކުރިއަށްދަނީ މާލެ އަދި އައްޑު އަތޮޅުގައެވެ.

ވޯޓުފޮށި ބަންދުކުރަން ނިންމާފައިވަނީ ހަވީރު 5:00 ގައެވެ. މިއަދު 5:30 ގައި ވޯޓު ގުނަން ހަމަޖެހިފައިވާއިރު ވަގުތީ ނަތީޖާ ވެސް މިއަދު އިއުލާންކުރާނެ އެވެ. އަދި ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު