ހުޅުމާލެއިން އެއާޕޯޓަށް ވަންނަން އޮންނަ މަގު ތަރައްގީކުރުމަށް ބަންދުކުރަނީ

ހުޅުމާލެއިން އެއާޕޯޓަށް ވަންނަން އޮންނަ މަގު ހޯމަ ދުވަހުން ފެށިގެން ބަންދު ވާނެކަމަށް މޯލްޑްވިސް އެއާޕޯޓްްސް ކޮމްޕެނީ، އެމްއޭސީއެލް އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ، އެ މަގު ބަންދުކުރަނީ މަގު ސާފުކޮށް، އިތުރައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާތީަކަމަށެވެ.

މަގު ބަންދު ކުރިނަމަވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕާކުރާ ސަރަހައްދުގެ އިރުމަތީ ފަރާތުން އެއާޕޯޓަށް ވަދެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި މަގުހަދައި ނިމުން އަލުން ހުޅުމާލެއިން އެއާޕޯޓަށް ދާންް އޮންނަ މަގު ހުޅުވާލާނެކަމަށް ވެސް އެމްއޭސީއެލް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު