ޔާމިންގެ ދޯހަޅި އިގްތިސާދީ ސިޔާސަތުގެ ސަބަބުން އެސްޓީއޯއަށް 450،000،000 ރުފިޔާގެ ގެއްލުން

އެސްޓީއޯގެ ދަށަށް ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އިގްތިސާދީ ސިޔާސަތުގެ ދަށުން މިފްކޯ ބަދަލުކުރުމުގެ ސަބަބުން މިހާތަނަށް 450 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

މިފްކޯގެ ދަރަނި ބޮޑުވުމުގެ ސަބަބުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް މިފްކޯ ބަދަލުކުރީ 2016 ވަނަ އަހަރުއެވެ.

މިފްކޯ އެސްޓީއޯގެ ދަށަށް ގެނައީ މިފްކޯ ބަނގުރޫޓުވެގެން ދެން ހަދާނެގޮތެއް ނެތުނީމުންކަމަށް އެސްޓީއޯގެ އެމްޑީ ވިދާޅުވިއެވެ. މިވަގުތުވެސް އެސްޓީއޯއިން އެފްއެސްއެމް މެދުވެރިކޮށް މިފްކޯއަށް ތެޔޮ ގެންގޮސް މަސްވެރިންނަށް ތެޔޮވިއްކަމުންދާއިރު އޭގެއިން އެއްވެސް ފައިސާއެއް އަނބުރާ އެސްޓީއޯއަކަށް ނާންނަކަމަށް އަމްރު ވިދާޅުވިއެވެ.

"މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރަން" މި ނަމުގައި ތިނަދޫގައި ބޭއްވި 'ހޮޅުއަށީގެ' ސިލްސިލާ ބައްދަލުވުމެއްގެ ތެރެއިން މިފްކޯއާއި އެސްޓިއޯގެ މާލީ ހާލަތާއި ބެހޭގޮތުން ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ، އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރިއިރު މިފްކޯ އޮތީ ބަނގުރޫޓުވެފައިކަމަށެވެ.

މިފްކޯއަކީ ފައިދާލިބޭ ކުންފުންޏަކަށް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގިނަ މަސައްކަތް ކުރަމުންދާކަމަށް އަމްރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު