ހަނދަށް ދާން އިންޑިއާއިން އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެ

ހަނދަށް ޖައްސާ ދުނިޔޭގެ ހަތަރުވަނަ ގައުމުގެ ގޮތުގައި ވުމަށް އިންޑިއާއިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެއެވެ.

'ޗަންދަރަޔާން 2 ' ނަމަކަށް ކިޔާ އުޅަނދު އަންނަ ހޯމަދުވަހު ހަނދައް ދާންތައްޔާރުވެފައިވާ ކަމަށް އިންޑިއާގެ ސްޕޭސް އެޖެންސީއިން ބުނެއެވެ. ނައްޓާލުން ހަމަޖެހިފައިވަނީ ބޭ އޮފް ބެންގަލް ސަރަހައްދުގެ ރަށަކުން ކަމަށާ އަދި މިހާރު ފަހުގެ ތައްޔާރީތަށް ވަމުން އަންނަ ކަމަށް އެޖެންސީއިން ބުނފައިވެއެވެ.

އިންޑިއާއިން ބުނާގޮތުގައި މި އުޅަނދު ހަނދަށް ދިއުމަށް ދެ މަސް ދުވަސް ނަގާނެއެވެ. ފުރަތަމަ މަސް އެ އުޅަނދު ހަނދުގެ އޯބިޓްގެ ތެރެއަށް 60 މޭލު ހަނދުގެ ބިން ފަށަލައިން މަތިން ދައުރުކުރާނެއެވެ. ސެޕްޓެންބަރު މަހު 'ޗަންދަރަޔާން 2' ގެ ތެރޭގައިވާ 'ވިކްރަމް ލޭންޑާ' ނަމަކަށް ކިޔާ އުޅަނދު ހަނދަށް ތިރިކުރާނެ ކަމަށާ އަދި ވިކްރަމް ލޭންޑާ ތިރިކުރުމަށް ފަހު ހަ ފޮރޮޅުލީ ރޯވާއެއް ހަނދަށް ދޫކުރާނެ ކަމަށެވެ.

އިންޑިއާގެ ސްޕޭސް  ރީސާޗް އޮގަނައިސޭޝަން އިން ބުނާ ގޮތުގައި 'ޗަންދަރަޔާން 2 ' ވާނީ އަދި ދުނިޔޭގެ އެއްވެސް ބަޔަކު ހަނދުގެ ނުބަލައި ހުރި ސަރަހައްދު ބަލާ ފުރަތަމަ އުޅަދުކަމަށެވެ. އެ އުޅަނދުން ބެލުމަށް ހަމަޖައްސާފައިވާ ސަރަހައްދަކީ ހަނދުގެ ދެކުނު ޕޯލް ސަރަހައްދެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދާ މޯޑީ ވަނީ އިންޑިއާގެ ސްޕޭސް ޕްރޮގުރާމަށް މި ކަމުގެ ސަބަބުން ތައުރީފު ކުރައްވާފައެވެ.

އިންޑިއާއަށް މިކަން ކާމިޔާބު ވެއްޖެ ނަމަ އިންޑިއާ ވެގެން ދާނީ ދުނިޔެއިން ހަނދަށް ދިޔަ ހަތަރު ވަނަ ގައުމަށެވެ. ކުރިން  ގޮއްސްފައިވާ ތިން ގައުމަކީ އެމެރިކާ، ރަޝިއާ އަދި ޗައިނާއެވެ. އަދި މި އަހަރު އެޕްރީލް މަހު އިސްރޭއިލް ވަނީ ހަނދަށް ދިއުމަށް މަސަކަތް ކޮއްފައެވެ. ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައެގައި މިކަން ވަނީ ނާކާމިޔާބު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު