ޓްރަމްޕުގެ އަމިއްލަ ޓްވިޓާ އެކައުންޓުން އެމެރިކާ މީހުން ބްލޮކް ނުކުރަން ކޯޓުން އަމުރުކޮށްފި

ފޮޓޯ ނިއުޔޯކާ: —

އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕް އަށް ޓުވިޓާގައި އެގައުމުގެ ރައްޔިތުން ބުލޮކް ނުކުރެވޭނެ ކަމަށް އެގައުމުގެ އިސްތިއުނާފު ކޯޓަކުން އަމުރު ކޮއްފިއެވެ.

ކޯޓުން ބުނެފައިވާނީ ރައްޔިތުންނަށް ގާނޫން އަސަސީގައި ލިބިދޭ ފުރަތަމަ ހައްގު ކަމުގައިވާ ހިޔާލު ފާޅުކުރުމުގެ ހައްގު ޑޮނާލްޑް ޓުރަމްޕް ރައީސް ކަމަށް ހުރެ އުވާނުލެވޭނެ ކަމަށެވެ.

އަދި ޓުވިޓާ އެކައުންޓުގައި އެމެރިކާގެ ރައީސް ކަމަށް ޖާހާފަ އޮތުން ދޭހަކޮށްދެނީ ޓުރަމްޕް ގައުމުގެ ރައީސް ކަން ކުރުމަށް ހުވާ ކޮށްގެން ހުރިކަމެވެ. ރައްޔިތުން ޑޮނާލްޑް ޓުރަމްޕްގެ ނިންމުމާ ދެކޮޅަށް ބަސްބުނުމުން އެމީހުން ބުލޮކް ކުރުން އެއީ އެމެރިކާ ރައީސްގެ ހައިސިއްޔަތުން ކޮއްގެން ވާނެ ކަމެއް ނޫން ކަމަށް ކޯޓުން ކުރި އަމުރުގައި ބުނެފައިވެއެވެ.

ނަމަވެސް ޑޮނާލްޑް ޓުރަމްޕް ބުނެފައިވަނީ އެނާގެ ޓުވިޓާ އެކައުންޓަކީ އެނާގެ އަމިއްލަ މުދަލެއް ކަމަށެވެ. އަދި ބޭނުންވާ މީހުން ބުލޮކްކުރުމުގެ ހައްގު އޭނާއަށް ލިބިގެންވާ ކަމަށެވެ.

ކޯޓަށް މައްސަލަ ހުށައަޅާފައިވާ ފަރާތުން ބުނާ ގޮތުގައި ޓުރަމްޕްގެ އެކައުންޓަކީ އެމެރިކާ ރައްޔިތުންގެ އެއްޗެކެވެ. އެހެންކަމުން އޭނާއަށް އެމެރިކާ ރައްޔިތުން ބްލޮކެއް ނުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު