ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނަށް ޑީން އެއް ޖެއްސުންކޮށް ފުރައްސާރަކުރާ މައްސަލަ ފެންމަތިވެއްޖެ

ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނަށް ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން ތަފާތު ގޮތްގޮތައް ޖެއްސުންކޮށް ފުރައްސާރަކުރާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

އެގޮތުން އެ ޔސިޓީއެއްގެ ޒަރިއްޔާއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، ޑރ. ޢަލީ ފަވާޒް ޝަރީފްގެ ސަމާލުކަމަށް ގެނެސް ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީއެއް 'އެމްވީ ޓައިމްސް އަށް' އަށް ވަނީ ލިބިފައެވެ.

އެ ސިޓީގައި ވަނީ ޔުނުވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ގާނޫނުތަކާއި އަދި އުސޫލުތަކާ ހިލާފަށް މައިގަނޑު ގޮތެއްގައި ފަސް ކަމެއް އެ މުވައްޒަފާމެދު ފެކަލްޓީން ހިންގާފައިވާކަމަށް ތުހުމަތު ކޮށްފައެވެ.

1 - މަސައްކަތް ކުރަން ދީފައި ހުންނަ އޮފީސް އަވަސްމިނުގައި ބަދަލު ކުރުން، އަދި އެނޫންވެސް މަސައްކަތް ކުރުމަށް ދަތިތައް ކުރިމަތި ކުރުވާ ބައެއް ކަންތައް ކުރުން: 

މިގޮތުން ފާއިތުވީ ހަ މަސައް ދުވަހުގެ ތެރޭގައި މަސައްކަތް ކުރުމަށް ދީފައިވާ އޮފީސް ތިން ފަހަރަށް ބަދަލު ކުރުމާ، އޮފީސް ބަދަލު ކުރުމުގެ ކުރިން އެއްވެސް މިންވަރަކަށް މަޝްވަރާ ނުކުރާކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ.

"އޮފީސް ބަދަލު ކުރަން ނޭދޭ ވާހަކަ ބުނުމުންވެސް، އަޅުގަނޑުގެ ނުގަބޫލުގައި އަޅުގަނޑު މަސައްކަތްކުރާ ކޮމްޕިއުޓަރާއި ޕްރިންޓަރ ފަދަ ތަކެތި އެހެން ތަންތަނަށް ބަދަލުކޮށް، އަޅުގަނޑަށް ބަދަލުވާން މަޖްބޫރު ކޮށްފައިވެއެވެ.އެގޮތުން އެންމެ ފުރަތަމަ އޮފީސް ބަދަލު ކުރި ފަހަރު އަޅުގަނޑު އޮފީހުގައި ނެތިސް އަޅުގަނޑުގެ މޭޒުގައި އަދި އޮފީހުގައި ހުރި އެއްޗެހި ގޮނޑިގޮނޑިއާއި އެތަންމިތަނަށް އެއްވެސް ތަރުތީބެއް ނެތް ގޮތަށް އަޅާފައި އަޅުގަނޑުގެ މޭޒު އެހެންއޮފީހަކަށް ބަދަލު ކޮށްފައިވެއެވެ." ސިޓީގައި ބުނެފައިވެއެވެ.

2 -  ހުއްދަ ނެތި، އޮފީހަށްވަދެ، އޮފީހުގައި ހުންނަ ސިއްރު، އަދި އަމިއްލަ އެއްޗެއްސާ ކުޅުން: 

ކިތަންމެ ދުވަހަކު ކިތަންމެ ދުވަހަކު އެ މުވައްޒަފު އޮފީސް ރޫމަށް  އަންނައިރު އޮފީސް ހުޅުވައިގެން ވަދެ، އޮފީހުގައި ހުންނަ އެއްޗެއްސާ ހުންނަނީ ކޮންމެވެސް މީހަކު/ބަޔަކު ކުޅެފައިހުންނަކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

"އޭގެ ތެރޭގައި ދަރިވަރުންނާއި ޓީޗަރުންގެ ސިއްރު އެއްޗެއްސާ، އަޅުގަނޑުގެ އަމިއްލަ އެއްޗެއްސާވެސް ކުޅެފައި ހުންނަކަން ފާހަގަ ކުރެވެއެވެ. އޭގެ އިތުރުން އޮފީހުގައި ހުންނަ
ފަރުނީޗަރުވެސް ބައެއް ފަހަރަށް އެހެން ގޮތްގޮތަށް ތަރުތީބު ބަދަލުކޮށްފައި ހުރެއެވެ." ސިޓީގައި ބުނެފައިވެއެވެ.

3 - ޑިޕާޓްމަންޓްއަށް މަގާމު އުފައްދާ، އިޢުލާންކޮށް މީހުން ނަގާއިރުވެސް ހެޑް އޮފް ޑިޕާޓްމަންޓަށް ނޭންގުން

ސިޓީގައި ލިޔެގައިވާ މުވައްޒަފަކީ އެ ފެކަލްޓީގެ އެޗް.އޯ.ޑީ އެއް ނަމަވެސް، އޭނާގެ ޑިޕާޓްމަންޓަށް އެކިއެކި މަގާމު އުފައްދާ، އެމަގާމުތަކަށް މީހުން ހޯދުމަށް އިޢުލާންކޮށް، އިންޓަރވިއުކޮށް މީހުން ނަގާއިރުވެސް އަޅުގަނޑަށް އެއްވެސް ގޮތަކަށްއަންގާފައި ނުވާކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

"އަދި ޑިޕާޓްމަންޓްގެ ހުރިހާ މާއްދާއެއް ކިޔަވައިދޭ ވަރަށް ހަމައަށް މުވައްޒަފުން ތިއްބާވެސް އިޢުލާންކޮށްގެން އިތުރަށް މުވައްޒަފުން ނަގާފައިވާކަންވެސް ފާހަގަ ކޮށްލަމެވެ."

4 - ޑިޕާޓްމަންޓްގެ މަސައްކަތްތަކާއި، ޒިންމާތަކަށް ދުރާލާ އެންގުމަކާ ނުލާ، ސަބަބެއްނެތި ކުއްލި ބަދަލުތައް ގެނައުން

ޑިޕާޓްމަންޓުން ބަލަމުންގެންދާ މާސްޓަރޒް ފެންވަރުގެ ކޯސްތައް ޑިޕާޓްމަންޓަށް ދުރާލާ އެންގުމަކާ ނުލާ، އަދި ސަބަބު އަންގާނުލާ، ސީދާ ޑީންގެ ބެލުމުގެ ދަށަށް ކުއްލިއަކަށް ބަދަލުކޮށްފައިވާކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

މިކަމުގެ ސަބަބުން އެ ކޯސްތައް މޮނީޓަރކޮށް، އިތުރަށް ތަރައްގީ ކުރުމަށް އެތައް ގެއްލުންތަކެއް ކުރިމަތި ވާނޭކަން ފާހަގަ ކޮށްފައިވެއެވެ. އަދިއެ ކޯސްތައް ޑީންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ފެށޭ ސެމެސްޓަރއަށް ކިޔަވައިދިނުމަށް ލެކްޗަރަރުން ހަމަޖައްސާ އެހުރިހާކަމެއް ނިމިފައިވަނިކޮށް އެހުރިހާ އެއްޗެއް ނައްތާލާ، އަލުން އެ މަސައްކަތްތައް ފަށާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

5 - އެއްވެސް ބްރޭކެއް ނުދީ ހަފްތާގެ 7 ދުވަހު މަސައްކަތް ކުރުވާފައިވުން

މިހާރު ކިޔަވާދެމުން އަންނަ ސެމެސްޓަރގައި ކިޔަވައިދިނުމަށް ހަމަޖެއްސިއިރު ސިޓީ ލިޔުނު މުވައްޒަފު ލައްވާ ކޮންމެ ހަފްތާއަކުވެސް 7 ދުވަހު މަސައްކަތް ކުރުމަށް މަޖްބޫރު ކުރުވާފައިވާކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

"އަދި އެކިފަހަރު މަތިން ބުނެގެންވެސް މިކަމަށްވަނީ ހައްލެއް ނުލިބިފައެވެ. އަދި މި މައްސަލައިގައި ޑެޕިއުޓީ ވައިސް ޗާންސެލަރ، ޑީންއަށް އެންގުމުންވެސް އެގޮތަށް ބަދަލެއް ނުގެނެވޭނޭ ކަމަށް ބުނެ، މިކަމަށް ހައްލެއް ލިބިފައި ނުވެއެވެ.  އަޅުގަނޑަށް ހައްގުވާ 'ފްރައިޑޭ އެލަވަންސް' ވެސް އަދިވެސް ހަމަނުޖެހޭކަން ފާހަގަ ކޮށްލަމެވެ. އެލަވަންސް ދިނުމަށް ވައިސް ޗާންސެލަރ އެންގެވިތާ 2 މަސް ވެގެން ދިޔައިރުވެސް އަދިވެސް އެކަމެއްވެސް ހަމައެއް
ނުޖެހެއެވެ."

މި ސިޓީގެ ކޮޕީއެއް ވަނީ ރައީސް އޮފީސް، މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، އަދި ޔުނިވާސިޓީގެ ކައުންސިލަށްވެސް ހުށަހަޅާފައެވެ.

އެމްވީ ޓައިމްސްއާ ވާހަކަ ދެއްކި އެ ފެކަލްޓީގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި އެ ފެކަލްޓީގެ ޑީން މަސައްކަތް ކުރައްވަނީ، ގައުމީ ޔުނިވާސިޓީއަށް އިސްލާހު ގެނައުމަށް މިހާރު ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްވުމުގެ ކުރިން ގިނަ އަދަދެއްގެ މުވައްޒަފުން އެ ފެކަލްޓީއަށް ނެގުމަށެވެ.

މި މައްސަލާގައި ގައުމީ ޔުނިވާސިޓީން އަދި އެއްވެެސް ކަމެއް ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

 1. ދަރިވަރު

  ތި ފެކިލްޓީގެ ގިނަ މީހުން ތިބުނާ ޑީން ދެކެ ރުޅި އާދޭ
  އެނަ ކަންތއް ކުރާ ގޮތުން.
  މުއވައްޒިޕް، ޓީޗަރުނ، ދަރިވަރުން ވެސް

 2. ދަރިވަރު..

  ޑީން އެކަންޏެއް ނޫން، ތިފެކަލްޓީގަ އުޅޭ އެޑްމިން ކުދިންވެސް އެހާ ރޫޑް. ކަސްޓަމަރ ސަރވިސްގެ ކަންފުޅެއްވެސް ނުހުރޭ. އަޅުގަނޑުމެން ކަހަލަ އެކި ފެކަލްޓީތަކުން ކިޔަވާާާާ ދަރިވަރުންނަށް ތަފާތު މިފެންނަނީ. ތި ފެކަަލްޓީ މީހުން ގޮސް ފެކަލްޓީ އޮފް އަރޓްސް އާއި ކޮލް ތަންތަނުގަ އެއް ދުވަސް ހޭދަކޮށްލަބަލ އޮބްޒަރވް ކޮށްލަން. އޭރަށް ފަހަރުގަ ތިމާމެންގެ އަދަބު ކުޑަކަން ވިސްނިދާނެ ތޯއްޗެއް. އެހެން ފެކަލްޓީތަކުން ދަރިވަރުންނާއި މުޢާމަލާތް ކުރާ އުސޫލު ތިއެއް ނޫން.. ހިތަށް އަރާ ހަމަ ތި ފެކަލްޓީީ އިސްލާހު ކުރާނެ މީހަކު ނެތީބާއޭ.

 3. ހާމިދާ

  ތި ފެކަލްޓީ ގެ99 % ލެކްޗަރާސް ތި ޑީން ދެކެ ރުޅި އާދޭ.
  ޢެ މީހުންނަށް ގުޅާފަ އިންޓަވިއު ކުރޭ.

 4. މީނަ ސޯސޮލޮޖީ ކިޔަވަ ދޭތާ ސަތޭކަ އަހަރު. ޢެކަމަކު ކޮންމެ ސެމެސްޓާ އަކު ނުކިޔަވަ ދީ މަކަރު ހަދަނީ.
  ގަޑި ވެސް ނުނަގާނެ. ކުރިން އަޓް ކިޔަވަދެނީ ވެސް ހަމަ މިހެން. ކުރަހަން ދީފަ މީނަ ދާނީ. ނިމުނީމަ މީނަ އަންނާނީ. މީ ފެންވަރު.

 5. ާިއަހުމަދު

  ފިޒާނާ އަކީ ވައިސް ޗާންސަލާ ގެ އަނބި ކަބަލުން ފާތުމަތު ށައުގީ ގެ ބެސްޓްފުރެންޑް. ޢެހެން ވީމަ އޭނަގެ ބާޜު ވަރަށް ގަދަ. ޑީންކަން ދިނީ އެހެންވެ.

  4
  1
 6. ދަރިވަރު

  ޑީން އެކަންޏެއް ނޫން، ތިފެކަލްޓީގަ އުޅޭ އެޑްމިން ކުދިންވެސް އެހާ ރޫޑް. ކަސްޓަމަރ ސަރވިސްގެ ކަންފުޅެއްވެސް ނުހުރޭ. އަޅުގަނޑުމެން ކަހަލަ އެކި ފެކަލްޓީތަކުން ކިޔަވާާާާ ދަރިވަރުންނަށް ތަފާތު މިފެންނަނީ. ތި ފެކަަލްޓީ މީހުން ގޮސް ފެކަލްޓީ އޮފް އަރޓްސް އާއި ކޮލް ތަންތަނުގަ އެއް ދުވަސް ހޭދަކޮށްލަބަލ އޮބްޒަރވް ކޮށްލަން. އޭރަށް ފަހަރުގަ ތިމާމެންގެ އަދަބު ކުޑަކަން ވިސްނިދާނެ ތޯއްޗެއް. އެހެން ފެކަލްޓީތަކުން ދަރިވަރުންނާއި މުޢާމަލާތް ކުރާ އުސޫލު ތިއެއް ނޫން.. ހިތަށް އަރާ ހަމަ ތި ފެކަލްޓީީ އިސްލާހު ކުރާނެ މީހަކު ނެތީބާއޭ.

 7. ީިިީމޫމިން

  ފިޒާނާަ އަކީ ތި ފެކަލްޓީ ގަ ހުރި އެންމެ ދަށް ޓީޗަރ. ކުދި ން ކައިރިން އިންޓަވިއުކުރޭ އިނގޭނެ. ޢަހަރުންނަށް ކިޔަވަ ދިނީ ކުއަލިޓޭޓިވް ރިސާޗ. ޢެއްވެސް ވަރަކަށް ނޭގޭ މި މާއްދާ. ސުވާލު ކުރީމަ ބަވާލަނީ. މިކަހަލަ މީހުން އުޅޭތީ ޔުނިވާސިޓީ ގެ އަގު ވެއްޓިއްޖެ މިހާރު.

  4
  1