އިންސާނުންގެ އާބާދީ 8 ބިލިއަނަށް އަރަނީ

ދުނިއޭގެ އާބާދީ ދުވަހާއި ގުޅިގެން ނެރުނު ބަޔާނެއްގައި އިންސާނުންގެ އާބާދީ 8 ބިލިއަނަށް އަރަން ގާތް ވެފައިވާކަމަށް އެކުވެރި ދައުލަތަކުގެ ޖަމިއްޔާ (އދ) އިން ބުނެފިއެވެ.

އިންސާނުންގެ އާބާދީ 5 ބިލިއަނަށް އެރީ 1987 ވަނަ އަހަރުއެވެ. މިހާރު ދުނިޔޭގެ އާބާދީ އަކީ 7.7 ބިލިއަން މީހުންނެވެ.

އދ އިން ބުފައިވަނީ ދުނިޔޭގެ އާބާދީ މިވަރަށް އިތުރުވުމަކީ ކަން ބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

މި މިންވަރަށް އާބާދީ އިތުރުވާނަމަ 2050 ވަނަ އަހަރަށް އަޅާއިރު ދުނިޔޭގައި 10 ބިލިއަން އިންސާނުން ދިރިއުޅޭނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ދުނިޔޭގައި އިންސާނުންގެ އާބާދީ އެތައް ގުނައަކުން ބޮޑުވަމުން ދިޔަނަމަވެސް،  27 ގައުމަކުން ވަނީ އާބާދީ އިތުރުވުމުގެ މިންވަރު 1 އިންސައްތަ ދައްކޮށްފައެވެ. މި ގައުމުގެ ތެރޭގައި ޗައިނާ އަދި ޖަޕާނު ހިމެނެއެވެ.

ނަމަވެސް ދުނިޔެގެ 9 ގައުމެއްގައި އާބާދީ އިތުރުވުން ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.

މި ނުވަ ގައުމުތެރޭގައި ހިމެނެނީ، އިންޑިއާ، ނައިޖީރިއާ، ޕާކިސްތާން، ކޮންގޯ، އިތިއޯޕިއާ، ތަންޒޭނިއާ، އިންޑޮނޭޝިއާ، މިސްރު އަދި އެމެރިކާއެވެ.

1990 ވަނަ އަހަރު ދިނިއޭގައި މާބަނޑު މީހުންގެ އިންސައްތަ ހުރީ 3.2 ގައެވެ. ނަމަވެސް މިހާރު ހުރީ 2.5 އިންސަތަށް އަށް ދައްވެފައެވެ.

ދުނިޔޭގައި މިހާރު އެންމެ ބޮޑަށް އާބާދީ އިތުރުވަމުން އަންނީ އެފްރިކާ ބައްރުންނެވެ.

އދ  އިން ބުނެފައިވަނީ އާބާދީ އިތުރުވުމުގެ އިތުރުން އިންސާނުންގެ އުމުރު ވެސް މީގެ 32 އަހަރާ އަޅާބަލާއިރު ދިގުވެފައިވާކަމަށެވެ. މިހާރު އެވަރެޖް ގޮތެއްގައި އިސްސާނުން މަރުވާ އުމުރަކީ 72 އަހަރެވެ. ނަމަވެސް 2050 ވަނަ އަހަރު އިންސާނުން މަރުވާ އެވަރެޖު އުމުރު 77 އަހަރަށް ބަދަލުވާނެކަމަށް އދ އިން ބުނެއެވެ.

2018 ވަނަ އަހަރު ދުނިއޭގެ 65 އަހަރުން މަތީގެ މީހުންގެ އަދަދު ވަނީ ދުނިއޭގެ 5 އަހަރުން ދަށުގެ ގުދިންގެ އާބާދީ އަށް ވުރެ އިތުރު ވެފައި ކަމަށާ މިއީ ކަންބޮޑު ވާންޖެހޭ ކަމެއް ކަމަށް ޔޫ.އެން އިން ބުނެފައިވެއެވެ. ސަބަބަކީ ޒުވާނުންނަށްވުރެ އުމުރުން ދުވަސްވީ މީހުން އިތުރުވެއްޖެނަމަ ދުނިއޭގެ އިގްތިސާދަށް ގެއްލުން ލިބޭނެކަމަށް އދ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު