ޑަޔާނާ ތުރުކުރެއްވި ސުވެޓަރެއް 825,463 ރުފިޔާއަށް ވިއްކާލައިފި

ޕްރިންސަސް ޑަޔާނާ ތުރުކުރެއްވި ސުވެޓަރެއް 825,463 ރުފިޔާއަށް ވިއްކާލައިފިއެވެ.

މި ސުވެޓަރަކީ ޑަޔާނާ ޖިމްއަށް ވަޑައިގަންނަވާއިރު ތުރުކުރެއްވި އެކަމަނާގެ އެންމެ 'ފޭވަރިޓް' ސުވެޓަރެވެ.

ކާރު އެކްސިޑެންޓުގައި އަވަހާރަ ވުމުގެ ކުރިން މި ސުވެޓަރު ވަނީ ޖިމް އިންސްޓްރަކްޓަރައް ހަދިޔާ ކުރައްވާފައެވެ.

ނީލަމުގައި މީހަކު މި ސުވެޓަރު ގަތީ 53,532 ޑޮލަރު ނުވަތަ( 825,463.44 ރުފިޔާ) އަށެވެ. ނީލަން ފެށުނީ 5000 ޑޮލަރުންނެވެ.

މި ސުވެޓަރު ތުރުކުރައްވައިގެން ޑަޔާނާ ޖިމް އަށް ވަޑައިގަންނަވާ ތަން ޕަޕަރާޒީ ފޮޓޯގްރާފަރުން އެތައް ފަހަރަކު ފޮޓޯ ނަގާފައިވާ އެވެ.

ކާރު އެކްސިޑެންޓެއްގަ ޑަޔާނާ އަވަހާރަވީ 1997 ވަނަ އަހަރުގެ އޮގަސްޓް 31 ވަނަ ދުވަހު ފްރާންސްގައެވެ. އެއީ ވެސް ޕަޕަރާޒީ ފޮޓޯގްރާފަރުން ޑަޔާނާ ކާރު ފަހަތުން ބާރު ސްޕީޑުގައި ދުއްވުމުން ވީ އެކްސިޑެންޓެކެވެ.

ކިޔުންތެރިންގެ ހިޔާލު