ޖޫން މަހު ޓެކުހުން ލިބުނު އާމްދަނީ 1.49 ބިލިއަން ރުފިޔާ

ޖޫން މަހު ދައުލަތައް ޓެކުހުން ލިބުނު އާމްދަނީ 1.49 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މިއީ ޖޫންމަހު ދަޢުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީގެ އަދަދަށްވުރެ %9 އިތުރު އަދަދެކެވެ. އަދި 2018ވަނަ އަހަރުގެ ޖޫންމަހު ލިބުނު އާމްދަނީގެ އަދަދަށްވުރެ %15.4 އިތުރު އަދަދެކެވެ.

ދައުލަތަށް އެންމެ ބޮޑު އާއްދަނީއެއް ލިބިފައިވަނީ މުދަލާއި ޙިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީންނެވެ. އެއީ 462 މިލިއަން ރުފިޔާއެވެ.

ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ބިޒްނަސް ޕްރޮފިޓް ޓެކްސް، ބީ.ޕީ.ޓީގެ ގޮތުގަ 275 މިލިއަން ރުފިޔާ މޯލްޑިވިސް އިންލެންޑް ރެވެނިއު އޮތޯރިޓީން ނަގާފައިވާ އެވެ.

 

 

ކިޔުންތެރިންގެ ހިޔާލު