ށ.މިލަންދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ނިންމައިފި

އައު އިމާރާތައް އަޅާ ށ.މިލަންދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ނިންމައިފިއެވެ.
ހެލްތް މިނިސްޓްރީން މިއަދު ބުނީ ށ. މިލަންދޫ ސިއްޙީ މަރުކަޒު އަލަށް ޑިޒައިންކޮށް އެޅުމަށް ހަމަޖެހިފައިވާ އިމާރާތާއެކު ދަރަޖަ 1 ގެ ހޮސްޕިޓަލްއަކަށް ބަދަލުވެގެންދާނެކަމަށެވެ.
ހޮސްޕިޓަލަށް ބަދަލުވުމާއެކު އާ ޚިދުމަތްތަކެއް ވެސް އެ މަރުކަޒުގައި ފަށާނެއެވެ.
- އަންހެނުންނާއި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުގެ ޚިދުމަތް
- ހޭނައްތާ ޑޮކްޓަރު ޚިދުމަތް
- އޮޕަރޭޝަން ޑޮކްޓަރުގެ ޚިދުމަތާއި އެތެރެހަށީގެ ޑޮކްޓަރުގެ ޚިދުމަތް
- ދަތުގެ ޚާއްސަ ފަރުވާ
- ޑައިލަސިސްގެ ޚިދުމަތް
- ފިޒިއޮތެރަޕީގެ ޚިދުމަތް
- މައިނަރ OT,ICU,NICU އެކްސްރޭ
- ލޭބަރ ރޫމް
- އަލްޓްރާ ސައުންޑް ސްކޭން
- 5 ވާރޑް (ޖުމުލަ 35 އެނދު )
- 6 ކޮޓަރީގެ ޕްރައިވެޓް ރޫމް
މި ޚިދުމަތްތަކުގެ އިތުރަށް ޕަބްލިކް ހެލްތްގެ މަސައްކަތް ހަރުދަނާ ކުރުމަށް ވެކްސިން ސްޓޯރ ކުރާކޮޓަރިއަކާއި ކޮންފަރެންސް ހޯލެއް އިމާރާތް ކުރާނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
ށ މިލަންދޫ ސިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދޭ ދަރަޖަ 3 ގެ ސިއްޙީ މަރުކަޒެކެވެ.
އެތަނުން މިހާރު ލިބެމުންދާ ޚިދުމަތްތަކުގެ ތެރޭގައި ލެބޯޓަރީގެ ޚިދުމަތާއި ލޭބަރ ރޫމްގެ ޚިދުމަތުގެ އިތުރުން ގައިނީ ޑޮކްޓަރުންގެ ޚިދުމަތް ހިމެނެއެވެ.
މިހާރު މިލަންދޫ ސިއްޙީ މަރުކަޒުގައި ހުންނަނީ 8 އެނދެވެ.
