އައިއޯއައިޖީގަ ބައިވެރިވުމަށް ދިވެހި ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުން ޕްރެކްޓިސް ފަށައިފި

މިމަހު 17 ގައި މޮރިޝަސްގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސަށް ތައްޔާރުވުމުގެ ގޮތުން، ޤައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ބުދަ ދުވަހުގެ ރޭ ފަށައިފި އެވެ.

މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފުޓްބޯޅައިގައި ރާއްޖެ ހިމެނުނީ ގްރޫޕް ބީ ގައި އެވެ.

މި ގްރޫޕްގައި ރާއްޖެއާއެކު ދެން ހިމެނޭ ޤައުމުތަކަކީ ރީޔޫނިއަން، މަޔޮޓް އަދި ކޮމޮރޯސް އެވެ.

އައިއޯއައިޖީއަށް ދާނެ ކުޅުންތެރިން ފައިނަލް ނުވާކަމަށް އެފް.އޭ.އެމުން ބުނެ އެވެ.  ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންގެ އަނިޔާގެ މައްސަލަތައްވެސް އެބައުޅެއެވެ.

މިދިޔަ ސީޒަންގެ ފަހުކޮޅު ލީގުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ބަލައި އާ ކުޅުންތެރިންނަށް ސްކޮޑުން ފުރުޞަތުދީފައިވާނޭކަމަށް އެފްއޭއެމްއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު