ގއ. އަތޮޅުގަ ހިންގި ސުނާމީ ހައުސިން ޕްރޮޖެކްޓުން ދައުލަތައް ލިބުނު ގެއްލުން 200 މިލިއަނަށްވުރެ ބޮޑު!!

ވިމްލާ ކޮންސްޓްރަކްޝަން އިން ގއ އަތޮޅުގައި އެޅި ހައުސިން ޔުނިޓްތަކުގެ ޕްރޮޖެކްޓް ނިމުނުއިރު،  ދައުލަތައް 200 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށް އޮޑިޓް އޮފީހުން ހޯމަ ދުވަހު މަޖިލީހުގެ މަސްއޫލިއްޔަތުު އަދާ ކުރާ މިންވަރު ކޮމެޓީގައި ހާމަކުރި މައުލޫމާތުން ހަމަވެއްޖެއެވެ.

ގއ އަތޮޅުގެ 4 ރަށެއްގަ 289 ހައުސިން ޔުނިޓް އެޅުމަށް ވިމްލާ ކޮންސްޓްރަކްޝަނާ 2008 ވަނަ އަހަރު ހަވާލުކުރި މަޝްރޫއާއި ގުޅޭގޮތުން މިއަދު އޮޓިޓާ ޖެނެރަލްގެ އޮފީހުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ބުނީ، ޕްރޮޖެކްޓު ނިމުނު އިރު ބަޖެޓު ކުރެވުނު އަދަދަށްވުރެ 206 ޕަސަންޓު އިިތުރަށް ހަރަދުކޮށްފައިވާކަމަށެވެ.

ދައުލަތައް ލިބުނު ގެއްލުމުގެ ގޮތުގަ އޮޓިޓް އޮފީހުން ހާމަކުރި ތަފްސީލުތައް ތިރީގައި މިވަނީއެވެ.

 1. ޕީބީޓީސީން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 79 މިލިއަން ރުފިޔާ (އެމްޓީސީސީން ލިބެންޖެހޭ 34 މިލިއަން، ފެނަކަ ކޯޕަރޭޝަނަށް ލިބެންޖެހޭ 1.10 މިލިއަން ރުފިޔާ)
 2. އަމިއްލަ ފަރުދުން މެދުވެރިކޮށް ޕީބީޓީސީން ކުރި މަސަައްކަތައް ފައިސާ ނުދެއްކުމުން 1.4 މިލިއަން ރުފިޔާ ހައުސިން މިނިސްޓްރީން ދެއްކި ފައިސާ
 3. ޕީބީޑީސީން ގެނައި މުދަލަށް  ރާއްޖޭން ބޭރުގެ ކުންފުންޏެއްކަމަށްވާ ވީރާ ސްޓީލް ކޯޕަރޭޝަން އަށް ދައްކަން ޖެހުނު ފައިސާގެ ތެރެއިން 6.16 މިލިއަން ރުފިޔާ ނުދައްކާ އޮތުމުގެ ސަބަބުން އެ ފައިސާ ވެސް ހައުސިން މިނިސްޓްރީން ވަނީ ދައްކާފަ.
 4. މަސައްކަތް ހުއްޓާލުމުގެ ސަބަބުން ކުރިން ގެނެސްފައިވާ މުދަލުން ރިކަވާ ނުކުރެވި 36 މިލިއަން ރުފިޔާ. (އެމްޓީސީސީ މެދުވެރިކޮށް ޕީބީޑީސީން ގެނައި މުދަލަށްވާ 92 މިލިއަން ރުފިޔާގެ ފައިސާ ސައުދީ ފަންޑުން ވަނީ ޕީބީޑީސީއަށް ދައްކާފަ. އެހެން ނަމަވެސް އެ ކުންފިން މަސައްކަތްް މެދުކަނޑާލުމަށްފަހު ރާއްޖެއިން ދިޔައިރު އެމްޓީސީސއަށް ދައްކަންޖެހޭ ފައިސާ ނުދައްކާއަ އެބައޮތް.)
 5. ވިމްލާއިން އެސްޓީއޯއަށް 29 މިލިއަން ރުފިޔާ ދައްކަން ޖެހިފަ އޮބައޮތް.
 6. ދައުލަތުން ދެ ފަހަރަށް ދޫކޮށްފައިވާ ފައިސާގެ ތެރެއިން 8.15 މިލިއަން ރުފިޔާ އަދިވެސް ދައުލަތައް ނުލިބޭ.
 7. ޕްރޮޖެކްޓަށް ސަރުކާރުން އެމްޓީސީސީއަށް ޑަބަލްކޮށް 3.37 މިލިއަން ރުފިޔާ ދީފައިވޭ
 8. ވިމްލާގެ ޕްރޮޖެކްޓަަށް މުދާ ގެނައުމަށް އެމްޓީސީން އެލްސީ ހުޅުވުމަސް ސަރުކާރަށް އެމްޓީސީގެ ފަރާތުން ލިބެންޖެހޭ 65 މިލިއަން ރުފިޔާ އެބައޮތް

މި ހުރިހާ ފައިސާއެއްގެ ޖުމްލަ 228 މިލިއަން ރުފިޔާއަށް އަރައެވެ.

މި މައްސަލާގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން މާލިއްޔަތު ކޮމެޓީގައި ބުނީ، އެ ޕްރޮކްޓު ހިންގުމުގެ ގާބިލުކަން ވިމްލާ ކޮންސްޓްރަކްޝަންގައި ނެތް އިރު ވެސް އެ ޕްރޮޖެކްޓު އުވާނުލައި އޮތްކަން ފާހަގަވާކަމަށެވެ. އަދި އެއީ ޕްރޮޖެކްޓު މޮނިޓާ ކުުމުގައި ވެފައިވާ "ފެއިލިއާ" އެއް ކަމަށެވެ.

މި މަސައްކަތް ފުރަތަމަ ޙަވާލުކުރީ ވިމްލާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާ އެވެ. ނަމަވެސް މަސައްކަތް އަމިއްލައަށް ކުރިއަށް ގެންދިއުމުގެ ބަދަލުގައި އެކުންފުނިން ވަނީ މަޝްރޫޢުގެ މަސައްކަތް ފިލިޕީންސްގެ ތަފާތު ދެ ކުންފުންޏެއް ކަމަށްވާ އޭސްލީ އެލެކްސް ޕާރފޯމަންސް ބިލްޑަރސް (އޭއޭޕީބީ)އާއި ޕާރފޯމަންސް ބިލްޑަރސް އެންޑް ޑިވެލޮޕަރސް ކޯޕަރޭޝަން (ޕީބީޑީސީ)އާ އެކި ފަހަރުމަތިން ސަބްކޮންޓްރެކްޓް ކޮށްފައެވެ.

ޕްރޮޖެޓުގެ ދަށުން އަޅަން ނިންމި ހައުސިން ޔުނިޓުތައް: 

ގއ. ނިލަންދޫ 50 ހައުސިން ޔުނިޓް

ގއ. ވިލިގިލީގަ 77 ހައުސިން ޔުނިޓް

ގއ. ދާންދޫގަ 87 ހައުސިން ޔުނިޓްް

ގއ. މާމެންދޫގަ 84 ހައުސިން ޔުނިޓް

މަޝްްރޫއަށް ކަނޑައެޅު ބަޖެޓަކީ 225 މިލިއަން ރުފިޔާ އަދި މަޝްރޫއަށް ހަރަދުކުރާ ގޮތަށް އޮތީ ސައުދީ ފަންޑުގެ ފަރާތުންްނެވެ. ނަމަވެސް މުޅި ޕްރޮޖެކްޓަށް 382 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. އިތުރަށް ކުރެވުނު ހަރަދަކީ 156 މިލިއަން ރުފިޔާއެވެ. މީގެތެރެއިން 144 މިލިއަން ރުފިޔާއަކީ ދައުލަތުގެ ބަޖެޓުން ކުރެވުނު ހަރަދެވެ.

މި ޕްރޮޖެކްޓުގަ 220 މިލިއަން ރިފިޔާއަކީ ވިމްލާ ކޮންސްޓްރަކްޝަނާ ހަވާލުކުރި އަގެވެ. އަދި އެ ކުންފުނިން ވަނީ "އެކަށީގެންވާ ގޮތައް މަސައްކަތް ކުރިއަށް ނުގެންދެވޭތީ" ދެ ސަބް ކޮންޓްރެކްޓަރުންނާ މަސައްކަތް ހަވާލުކޮށްފައެވެ. ނަމަވެސް އެ ކުންފުންޏާ ހަވާލު ކުރެވިގެން ވެސް މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެއެވެ.

އިތުރަށް ކުރެވުނު ހަރަދުގެ ތެރެއިން 156 މިލިއަން ރުފިޔާއަކީ މަަސައްކަތުގެ އަގެވެ. މިއީ ބަޖެޓު ކުރި އަދަދައްވުރެ 35 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި ކޮންްސަންޓަންސީއަށް 11 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މި ޕްރޮޖެކްޓުގެ ދަށުން މުދާ ގެނައުމަށް 46 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން މުދާގެނައުމަށް އެމްޓީސީސީން މަސައްކަތް ކުރިއިއު އޭސީ ހުޅުވުމަށް ބޭނުންވާ ފައިސާ ނެތިގެން ފިނޭންސް މިނިސްޓްރީން ވަނީ 123 މިލިއަން ރުފިޔާ އެމްޓީސީސީއަށް ފޯރުކޮށްދީފައެވެ. އަދި އެގެ ތެރެއިން 46 މިލިއަން ރުފިޔާ އެމްޓީސީސީން ފިނޭންސް މިނިސްޓްރީއަށް ދައްކަން އެބައޮތެވެ.

މުދާ ގެނައުމަށް އެމްޓީސީސީގެ ފަރާތުން ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ވާލުކުރި ފިލިޕީންސް ކުންފުންޏަކުން އެކި ފަރަތްތަކަށްް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ކޯޓަަށް ދިއުމުން ކޯޓުން އަމުރެއްގެ ދަށުން ހައުސިން މިނިސްޓްރީއަށް 1.4 މިލިއަން ރުފިޔާ ދައްކަންޖެހުނެވެ.

މުދާ ރަށްރަށް ގެންދިއުމަށް 20 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އެ ފައިސާއަކީވެސް ބަޖެޓު ކުރެވިފައިވާ ފައިސާއެއް ނޫނެވެ. މި ފައިސާއަކީ 2010 ވަނަ އަހަރު ރާއްޖެއަށް އެެތެރެކުރެވޭ މުދާ ބޭލުމަށް އޮތް ގަވާއިދަށް ގެނެވުނު ބަދަލަކާ ގުޅިގެން ދައްކާފައިވާ ފައިސާތަކެކެވެ. މި ބަދަލުގެ ކުރިން އޮތީ ޕްރޮޖެކްޓެއް ހިންގާ ރަށްްރަށް މުދާ ބޭލޭނެކަމަށެވެ. ނަމަވެސް އަލަށް ގެނެވުނު އިސްލާހުގައި ބުނެފައިވަނީ މުދާ ބާލަންޖެހޭނީ ސަރަހައްދީ ބަނދަރަށްކަމަށެވެ. މި ފައިސާއަކީ މުދާ އުފުލުމާ ލޯޑުކޮށް އަންލޯޑް ކުރުމަށް ކުރި ހަރަދެވެ.

މި ޕްރޮޖެކްޓަކީ 420 ދުވަހުގެ ތެރޭގަ ނިންމުމަށް ހަވާލުކުރި ޕްރޮޖެކްްޓެކެވެ. ޕްރޮޖެކްޓު ހަވާލުކުރީ 20 އޮކްޓޫބަރު 2008 ގައެވެ. ނަމަވެސް މަސައްކަތް ނިމުނުއިރު ނިންމަންޖެހިފައިވާ މުއްދަތައްވުރެ 4 އަހަރާ 10 މަސް ދުވަސް އިތުރަށް ހޭދަކުރިއެވެ. މި ޕްރޮޖެކްްޓުގެ މަސައްކަތް ނިމުނީ 31 ޖެނުއަރީ 2015 ގައެވެ.

މި ޕްރޮކްޓު ގައި 206 ޕަސަންޓު އިތުރަށް ހަރަދުކޮށްފައިވާއިރު ސަރުކާރުގެ ކުންފުނިޔަކަށް ގިނައަދެއްގެ ފައިސާ ލިބެންޖެހެއެވެ.

ނަމަވެސް މަސައްކަތް ނިމުން ލަސްވާތީ 2010 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން މުޅި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް ޕީބީޑީސީއާ ޙަވާލު ކުރެވުނެވެ. އެއަށްފަހު އެކުންފުނިން ކުރަމުން އައި މަސައްކަތް ކުރިއަށް ނުގެން ގޮސް 2012 ވަނަ އަހަރު ހުއްޓާލުމާ ގުޅިގެން ޕްރޮޖެކްޓްގެ މަސައްކަތްތައް އަލުން ވިމްލާ ކޮންސްޓްރަކްޝަނާ 2013 ވަނަ އަހަރު ހަވާލު ކުރެވުނެވެ.

ވިމްލާއިން ސިވިލްކޯޓަށް ދިއުން: 

ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުން ވިމްލާ ކޮންސްޓަކްޝަން އިން ވަނީ ހައުސިން މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓުގައި މައްސަލައެެއް ހުށަހަޅާފައެވެ. އެ ކުންފުނިން ވަނީ ފަސް ބިލެއްގެ ފައިސާ ހޯދުމަށް ހުށަހަޅާފައެވެ. 78 މިލިއަން ރުފިޔާގެ ފައިސާ ކްލޭމްކޮށްފައެބަހުއްޓެވެ.

 1. ޕްރޮގްރެސް ޕޭމަންޓު ގޮތުގަ ހޯދަން ހުށަހަޅާފައިވާ 9.32 މިލިއަން ރުފިޔާ
 2. ދެވަަނަ ޕްރޮގްރެސް ޕޭމަންޓު ގޮތުގައި ހުށަހަޅާފައިވާ 44 މިލިއަން ރުފިޔާ
 3. ޑޮލަރުގެ އަގަށް އައިބަދަލާ ގުޅިގެން 19 މިލިއަން ރުފިޔާ
 4. އެސްޓީއޯއިން ނެގި މުދަލަށް ދައްކަން ޖެހޭ ޖީއެސްޓީގެ ގޮޮތުގަ 1.62  މިލިއަން ރުފިޔާ
 5. އިތުރު މަސައްކަތުގެ ގޮތުގަ 3.81 މިލިއަން ރުފިޔާ

މި ފައިސާ ވިމްލާއަށް ދިނުމަށް ހައުސިން މިނިސްޓްްރީއަށް ސިވިލް ކޯޓުން ވަނީ އަންގާފައެވެ.

"ވިމްލާ ކޮންސްޓްރަކްޝަނުން މަސައްކަތައް އެކަށީގެންވާ މޭން ޕަވާއާ، ކުންފުނީގެ މާލީ ގާބިލުކަން ނެތުމުގެ ސަބަބުން މަސައްކަތް ކުރިއަށް ނުގެންދެވި ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" އޮޑިޓާ ޖެނެރަލްގެ އޮފީހުން މާލިއްޔަތު ކޮމެޓީގައި މިއަދު ބުންޏެވެ.

އަދި ކޯޓުން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން ބޮޑު ބަޔަކީ ދައްކަންޖެހޭ ފައިސާ ނޫންކަމަށް ވެސް އެޑިޓް އޮފީހުން ބުނެއެވެ.

ސުނާމީ ގެތައް އެޅުމުން ވިމްލާ ކޮންސްޓްރަކްޝަނަށް 78 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ މެދު ކޯޓުން ބޭރުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު