ދިވެހި ޒުވާނުން ދީނީ ހަރުކަށި ފިކުރަށް ވަންނަނީ ކީއްވެ؟

ދީނީގޮތުން ހަރުކަށި ފިކުރުތަކައް ތަބާވުމާ، އަދި ދީނަ ހަރުކަށި ޖަމާއަތްތަކާ ދިވެހި ޒުވާނުން ގުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގަ ހިނގާ ދާހިލީ ހަނގުރާމަތަކުގައި ދިވެހި ޒުވާނުން ބައިވެރިވަނީ ކީއްވެތޯ މިއީ މިއަދާހަމައަށް ޖަވާބު ނުލިބި އޮތް ބޮޑު ސުވާލެކެވެ.

މި ސުވާލަށް މިއަދު މިވަނީ ދިރާސީ ޖަވާބެއް ލިބިފައެވެ.

ޔޫތް ވަލްނަރަބިލިޓީ އެސެސްމަންޓް" ނަމުގައި މިއަދު ޝާއިއު ކުރި ދިރާސީ ރިޕޯޓަކީ ރާއްޖޭގެ ޒުވާނުން ހައްދުފަހަނައަޅައި ދިޔުމަށް މަގުފަހިވާ ކަންކަން ދެނެގަތުމަށްޓަކައި ކުރި ދިރާސާ ރިޕޯޓެކެވެ.

ޒުވާނުން ހަރުކަށި ފުކުރަށް ވަންނަ ސަބަބުތައް:

  1. ކޮރަޕްޝަން،
  2. ތައުލީމާއި ގުޅޭ މައްސަލަތައް،
  3. މަސްތުވާތަކެތި،
  4. ވަޒީފާ ނުލިބުން،
  5. ގެދޮރުވެރިކަން ދަތިވުން،
  6. ގޭންގް މާރާމާރި،
  7. އަނިޔާވެރި ހައްދު ފަހަނަ އަޅާފައިވާ ހިލާތުތައް އެކި ޒަރިއްޔާއިން ފެތުރުން.

މަތީގައި ބަޔާންކުރެވިފައިވާ ހަތް މައިގަނޑު ސަބަބެ ސަބަބުން ޒުވާނުން ހަރުކަށި ހިޔާލުގެ ތެރެއަށް ދާއިރު، މި ކަންކަމަށް އަމާޒުކޮށްގެން މި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވަނީ ވިދާޅުވެފައެވެ.

މި ދިރާސާއަކީ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ޔުނިޓާ، ޔޫއެންޑީޕީ އަދި ޖަޕާނުގެ ގުޅިގެން ކުރި ދިރާސާއެކެެވެ.

"ރާއްޖޭގެ ޒުވާނުންނަކީ އެމީހުން އިޚްތިޔާރު ކުރާ ކޮންމެ ދާއިރާއަކުންވެސް ހާސިލްކުރެވެން އޮތް އެންމެ މަތީ ފަންތިއަށް ވާސިލްވުމުގެ ޤާބިލްކަން ލިބިފައިވާ ބައެއް. މުޖުތަމަޢުގައި ހުރި މައްސަލަތަކުން އަރައިގަނެވޭނެ އަލިމަގެއް ފެންނާނެކަމުގެ އުންމީދު އޮތްކަން ޒުވާނުން ޤަބޫލުކުރާކަން މި ދިރާސާއިން ހާމަވެއްޖެ،" މާރިޔާ މިއަދު ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ރާއްޖެއިން އެހެންގައުމުތަކަށް ހަނގުރާމައަށް 61 ދިވެހި ފިރިހެނަކު ގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވިދާޅުވެފައެވެ.

ސަރުކާރުން މިހެން ބުނި ނަމަވެސް ހަނގުރާމައަށް ގޮސް ތިބި ދިވެހިންގެ އަދަދު މިއައްވުރެ އިތުރު ވާނެކަމަށް، ނޫސްތަކުން ބުނެއެވެ.

މިގޮތުން ރާއްޖެއަކީ "ޓެރަރިސްޓުންގެ ސުވަރުގެއެއް" ކަމަށް ދެއްކުމަށް ޖަރުމަނުގެ ގައުމީ ޓީވީ އޭއާރުޑީގެ ފަރާތުން ބަޔަކު ރާއްޖެ އައިސް ޑޮކިއުމަންޓްރީއެއް ނެގިއވެ.

ޖަރުމަނު ބަހުން އެމީހުން އާއްމުކުރި ޓްރެއިލާގައި ބުނެފައިވަނީ ރާއްޖޭގައި ދީނީ ހައްދުފަހަނަޅައިދިއުން ކަންބޮޑުވާ ދަރަޖައަށް އެބައޮތް ކަމަށެވެ. އަދި ގިނަ އަދަދެއްގެ ދިވެހިން ސީރިއާއަށް ޖިހާދަށް ދާ ކަމަށާއި އެގޮތުން ހަނގުރާމައަށް ގޮސްފައިވާ ދިވެހިންގެ އަދަދު 200އަށް އަރާނެ ކަމަށް ބުނެފައި ވެއެވެ.

ޑޮކިއުމަންޓަރީ އްސަލައިގައި ހަތަރު ނޫސްވެރިން އިމިގްރޭޝަނުން ވަނީ 10 އަހަރަށް 2015 ވަނަ އަހަރު ޑީޕޯޓުކޮށްލާފައެވެ.

ލަންކާއަށް އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ދިން ހަމަލާއަށްފަހު ލަންކާގެ އަސްކަރިއްޔާއިން ވެސް ބުނެފައި ވަނީ މި ސަރަޙައްދުގެ ޤައުމުތަކަށް ބަލާއިރު، އިސްލާމިކް ސްޓޭޓްސް (އައިސިސް) ގުޅިގެން، ސިރިއާއަށް ހަނގުރާމައަށްދާ ދިވެހިން ގިނަ ކަމަށެވެ.

ހަނގުރާމައަށް ގެންދިޔަ އަންހެނުންނާ ކުޑަކުދިން ހާލުގަ ޖެހިފަ:

ސީރިއާއާއި އިރާގު ގުޅޭ ބޯޑަރު ކައިރީގައި ހުން "އަލް ހަވުލް" ކޭމްޕުގައި ދިވެހި އެތައް އަންހެނުންނަކާ ކުޑަކުދިންނެއް ވަނީ ހާލުގަ ޖެހިފައެވެ.

އެމީހުން ހާލުގަ ޖެހިފައިވަނީ އެމެރިކާ ކޯލިޝަނުން އިސްލާމިކް ސްޓޭޓު ސީރިއާގައި ބަލިކުރުމުންނެވެ.

އެ ކޭމްޕުގައި 50 ވަރަކަށް ދިވެހި އަންހެނުންނާ ކުޑަކުދިން އެބަތިއްބެވެ. ނަމަވެސް އެމީހުންގެ ޖުމްލަ އަދަދު ސާފުކުރަން ދިވެހި ސަރުކާރަށްވެސް ވަނީ ދަތިވެފައެވެ.

އެނެމް ފަހުން ނޫސްވެރިނާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ ސީރިއާގައި ކޭމްޕުގައި ހާލުގައި ޖެހިފައި ތިބި މީހުން ރާއްޖެ ގައުމަށް ޔޫއެން އެޗްއާރުއާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އަދި އެމީހުން ރާއްޖެ ގެނެސް ރިހިބިލިޓޭޓް ކުރާނެ ސެންޓަރެއް އެޅުމުގެ މަސައްކަތް ސަރުކާރުން އަންނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު