ބާކައުންސިލަށް ކުރިމަތިލި މީހެއްގެ ކެނޑިޑަސީ ބާތިލުކޮށްފި

ބާކައުންސިލަށް ކުރިމަތިލި މީހެއްގެ ކެނޑިޑަސީ ބާތިލުކޮށްފިއެވެ.

އިލެކްޝަންސް ކިމިޝަން، އީސީ އިން މިއަދު ބުނީ ކެނޑިޑެސީ ބާތިލް ކުރީ، ތަފްތަރު ނަންބަރު 535، / އަލީ ނަސީރު ގާސިމްގެ ކެނޑިޑަސީ ކަމަށެވެ.

އަލީ ނަސީރު ގާއިމްގެ ކެނޑިޑަސީ ކުރިން ބަލައިގަތުމަށްފަހު ބާތިލުކޮށްފައިވަނީ، އޭނާ ހުށަހަޅާފައިވާ ލިޔެކިތުންތައް އިތުރުރަށް ބެލުމަސްފަހު ގާނޫނީ ފަންނުގެ ގާނޫނުގައި ބުނާ ޝަރުތައް ހަމަނުވާތީކަމަށް އީސީން ބުނެއެވެ.

ބާ ކައުންސިލްގެ އިންތިހާބު އޮތީ އަންނަ ހޮނިހިރު ދުވަހުއެވެ. މި އިންތިހާބުގައި ވޯޓުލުން އޮތީ މާލެއާއި އައްޑޫ ސިޓީގައި އެކަންޏެވެ.

ގްޒެކަޓިވް ކޮމިޓީގެ މެމްބަރު ކަމަށް 19 ވަކީލަކުކުރިމަތިލާފައިވެއެވެ. ނަމަވެސް މި ވަކީލުގެ ނަންނަ ބާތިލް ކުރުމުން ދެން އޮންނާނީ 18 ނަމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު