ހާރިޖީ ގުޅުން ބަދަހިކޮށް ދިވެހި ތާރީހީ ރެކޯޑުތަކެއް މި ސަރުކާރުން ގާއިމް ކޮށްފި

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ފޮޓޯ ރައީސް އޮފީސް

ހާރިޖީ ގުޅުން ބަދަހިކޮށް ދިވެހި ތާރީހީ ރެކޯޑުތަކެއް މި ސަރުކާރުން ގާއިމް ކޮށްފިއެވެ.

މިގޮތުން މިހާރު ދިވެހިރާއްޖެއިން ވަނީ 45 ގައުމެއްގައި ދިވެހި ސަފީރުން ތަމްސީލުކުރަން ފަށާފައެވެ.

މި ރެކޯޑު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގާއިމް ކުރީ އިއްޔެ ރައްޔިތުންގެ މަޖިލީހުން 11 ގައުމެއްގަ ނޮން ރެސިޑަންޓު ސަފީރުން ބޭތިއްބުމަށް ރުހުން ދިނުމުންނެވެ.

މީގެ އިތުުރުން ސަރުކާރުގެ ފާއިތުވި 8 މަސް ދުވަހުގެ ތެރޭގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ 71 ޤައުމުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. މިއީވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ހާރިޖީ ވަޒީރަކު ގައުމުތަކުގެ އިސްވެރިންނާ ދިވެހިރާޖޭގެ ފަރާތުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރުވެސް މެއެވެ.

މީގެ އިތުރުން ސައުތް އޭޝިއާގައި އޮތް އެންމެ ބާރުގަދަ ޕާސްޕޯޓު ވެސް އޮތީ ދިވެހި ރާއްޖޭގައެވެ. ސަބަބަކީ 65 އަށް ވުރެ ގިނަ ގައުމަށް ދިވެހި ޕާސްޕޯޓު ބޭނުންކޮށްގެން އޮން އެރައިވަލް ވިސާގައި ދެވޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު