މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅޭ ރިޕޯޓު ހޯމް މިނިސްޓަރަށް އަރުވައިފި

މިއަހަރުގެ 20 ޖޫން ވަނަ ދުވަހު ކ. މާފުށީ ޖަލުގައި ހިނގައިދިޔަ ހާދިސާއާއި ގުޅޭގޮތުން، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު ގެ 10 ވަނަ މާއްދާާގެ (ޅ) ގެ ދަށުން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އެކުލަވާލަންޖެހޭ ރިޕޯޓް މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާންތަ އަބްދުﷲ އަށް އަރުވައިފިއެވެ.

އިނިސްޕެކްޓާ ޖެނެރަލް އޮފް ޕްރިޒަންސްގެ މިއަދު ވިދާޅުވީ އެ ރިޕޯޓުގައި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅު ތަކާ ރެކޮމަންޑޭޝަންސް ހުންނާނެއެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުން އުފެދުނީ 'މަނާއެއްޗެއް' ހޯދަން ގައިދީއަކު ޖަލު ބަލަހައްޓާ އޮފިސަރެއް ގާތު އެދުމުން އެކަމަށް އޮފިސަރު ދެކޮޅު ހެދުމުން ގައިދީ އޮފިސަރައް ހަމަލާ ދިނުމުން ނެވެ.

ޖަލު އޮފިސަރުންތަކެއް ޖަލުގެ ގޮޅިއަށް ވަދެ އެތަނުގައި ތިބި ބައއް ގައިދީންގެ ބޯ ބާލާ ތަޅައި އަނިޔާ ކުރުމުން އެ ޖަލުގައި ހަނުހުންތައް އުފެދުނެވެ.

ޖަލުގައި އުފެދުނު ހަމަނުޖެހުން ތަކުގެ ތެރޭގަ ޖަލުގެ ގައިދީން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލުވެސް ކުރި އެވެ. އަދި ޖަލުގެ ސީސީޓީވީ ކެމެރާ ތައް ވެސް ތަޅައި ލިއެވެ.

ކިޔުންތެރިންގެ ހިޔާލު