އިނގިރޭސިވިލާތުން އެމެރިކާއަށް ކަނޑައަޅާފައިވާ ސަފީރު އިސްތިއުފާދީފި

ފޮޓޯ: އީވްނިންގ ސްޓޭންޑަޑް

އިނގިރޭސި ވިލާތުން އެމެރިކާއަށް ހަމަޖައްސާފަ ހުރި ސަފީރު ސަރް ކިމް ދަރޯޗް ވަނީ މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދީފިއެވެ.

އިނގިރޭސިވިލާރުގެ ސަފީރު ކިމް އިސްތިއުފާދޭން ޖެހުނީ ކިމް އިނގިރޭސިވިލާތަގެ ސަރުކާރަށް ކޮއްފައިވާ މެއިލް އެއް ލީކުވެގެންނެވެ.

ލީކު ވެފައިވާ މެއިލުގައި ކިމް އެމެރިކާއަށާ އަދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕް ފާޑު ކިޔާފައިވެއެވެ.

އެގޮތުން ޑޮނާލްޑް ޓުރަމްޕަކީ ރައީސްކަމަށް ގާބިލު މީހެއް ނޫން ކަމަށާ އަދި އަމިއްލަ ނަފްސަށް އިތުބާރު ނުކުރާ މީހެއްގެ ގޮތުގައި ބުނެފައިވެއެވެ. އަދި ޓުރަމްޕުގެ ސަރުކާރު ރަނގަޅަށް ނުހިގާ ކަމަށާ ޓުރަމްޕުގެ ދައުރު ނިމިގެންދާނީ ހިތި ގޮތަކަށް ކަމަށް ބުނެފައިވެއެވެ.

އިއްޔެގެ ވަގުތެއްގައި މެއިލް ލީކުވުމުގެ ސަބަބުން އެމެރިކާގެ ރައީސް ބުނެފައިވަނީ ކިމް އަކީ މޮޔައެއް ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ އެތެރޭގައި ހުރި މައްސަލަތަކަށް ވިންނާލިނަމަ ކިމް އެމެރިކާގެ ވާހަކަދައްކަން ލަދުގައްނަން ޖެހޭނެ ކަމަށެވެ.

ކިމް އޭނާގެ އިސްތިއުފާ ދިނުމާ ގުޅިގެން ބުނެފައިވާނީ، އޭނާ ބޭނުންވީ ޓުރަމްޕުގެ ސަރުކާރާ ބެހޭގޮތުން ދެކެވޭ ވާހަކަތަށް ހަގީގަތެއްތޯ ބެލުން ކަމަށެވެ. ނަމަވެސް މެއިލް ލީކުވުމުގެ ސަބަބުން އެކަން ކުރުމަށް ވަނީ ދަތިވެފައެވެ.

އިނގިރޭސިވިލާތުގެ ގިނަ މަތީ ފަންތީގެ ބޭފުޅުން ދަނީ ކިމް އަށް ތައުރީފު ކުރަމުންއެވެ. އަދި ކިމް އިސްތިއުފާ ދިނުން އޭ ދެރަކަމެއް ކަމަށް ބެލޭވޭކަމަށް އިނގިރޭސި ވިލާތުގައި ތިބި ކިމް ގެ ސަޕޯޓަރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު