އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފް ކުންފުންޏަށް ޖަމާކުރި ބީއެމްއެލްއިން އޭސީސީގެ ތުހުމަތުތައް ދޮގުކޮށްފި

އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފް ކުންފުންޏަށް ޖަމާކުރި ގައުމީ ބޭންކުން، ބޭންކް އޮފް މޯލްޑްވިސް، ބީއެމްއެލްއިން އަމަލުކޮށްފައިވަނީ އެ ބޭންކުގެ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ އެންޓި ކަރަޕްޝަން ކަމިޝަން، އޭސީސީން މަޖިލީހުން މާލިއްޔަތު ކޮމިޓީގައި އެ ކޮމިޝަން އިން ކުރި ތުހުމަތު އެ ބޭންކުން ދޮގުކޮށްފިއެވެ.

އޭސީސީން އިއްޔެ ރައްޔިތުންގެ މަޖިލީހުގަ ބުނެފައިވަނީ އެސްއޯއެފް ކުންފުންޏަަށް ފައިސާ ޖަމާކުރި މައްސަލާގައި ބީއެމްއެލްގެ 30 މުވައްޒަފެއްގެ ބަޔާން ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާވާންޖެހޭ ގިނައަދަދެއްގެ ޗެކުތައް ބީއެމްއެލްއިން ވަނީ އެސްއޯފް ކިޔާ އަމިއްލަ ކުންފުންޏަކަށް ޖަމާކޮށްފައެވެ.

"ދައުލަތައް ވަންނަންޖެހޭ ފައިސާއެއް އެހެން ކުންފުންޏަކަށް އެންޑޯޒް ކުރާ ހިސާބުން ވެސް ވާނެ ކަރަޕްޝަންއަށް،" މަޖިލީހުގެ ކޮމެޓީގައި މުއައްވިޒް ވިދާޅުވިއެވެ.

ނަމަވެސް ބީއެމްއެލްއިން ބުނަނީ އެ ބޭންކުން އެމްއެމްޕީއާރު ސީގެ ފައިސާ އެސްއޯއެފް ކުންފުންޏަށް ޖަމާކުރީ ގާނޫނުނުތަކާ އެއްގޮތަށް ކަމަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު