'ސާބޭރިއަން މޯލްޑްވިސް' ގެ ފެންގަނޑަށް ނޭރެން އެދިއްޖެ

“ސިބޭރިއަން މޯލްޑްވްސް” ކޯރު ކައިރީގައި މީހަކު ނަގާފައިވާ ފޮޓޯއެއް: ފޮޓޯ ސިބޭރިއަންް ޓައިމްްސް

"ސާބޭރިއަން މޯލްޑިވްސް" ކޯރަށް އެރި ފަތައި ނުހެދުމަށް ރަޝިޔާގެ ހަކަތައާ ބެހޭ ކުންފުންޏަކުން އެދިއްޖެއެވެ.

"ސާބޭރިއަން މޯލްްޑްވްސް" އަކީ ރަޝީއާގައި އޮންނަ ވިހަ މާއްދާތަކުން ތަގައްޔަރު ވެފައިވާ ކޯރަށްދީފައިވާ ވަ ނަމެކެވެ.

މޯލްޑްވިސް ނުވަތަ ދިވެހިރާއްޖޭގެ ނަން މި ކޯރަށް އަމާޒުވަނީ އެ ކޯރުގައިވާ ފެންގަނޑު ދިވެހިރާއްޖޭގެ މޫދަކާ ވައްތަރުކަމުންނެވެ.

މި ކޯރުކައިރީގައި ރަޝިޔާގެ ގިނައަދަދެއްގެ ބަޔަކު ފޮޓޯނަގައި ހެދުން މިހާރު ވަނީ އިންސްޓަގްރާމުގައި މަޝްހޫރުވެފައެވެ.

ކޯރު ކައިރީގައި ހުރި ކާރިހާނާތަކާ، ކަރަންޓު އުފައްދާ ފެކްޓްރީތަކުގެ ވިހަ މާއްދާތައް ކޯރަށް އެޅުމުގެ ސަބަބުން އެ ކޯރުގެ ފެންގަނޑު ވިހަވެ، މިހާރު އެ ކޯރުގައި ފެނުގެ ޕީއެޗް ލެވަލް ހުރީ 8 ކަށްވުރެ މަތީގައިކަމަށް މައުލޫމާތުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު