ހުޅުމާލެގަ މީހެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި މަރުވެއްޖެ

ހުޅުމާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން އަންނަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި މީހަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ އެ ސައިޓުގައި މަސައްކަތް ކުރާ 24 ބަންގްލަދޭޝްގެ ރައްޔިތެކެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 5:25 ހާއިރުއެވެ.

މި ހާދިސާ ހިނގާފައިވަނީ "ޖާހޫ އިންވެސްޓްމަންޓް" ކުންފުނިން ހަދަމުން ދިޔަ އިމާރާތެއްގެ މަތިންނެވެ.

މި އިމާރާތަކީ މީގެ 4 ދުވަސް ކުރިން ވެސް މަސައްކަތް ކުރަން ހަރުކޮށްފައި ހުރި ލިފްޓު ކަނޑައިގެން ވެއްޓި މަސައްކަތް ކުރާ މީހުންނަށް އަނިޔާވި އިމާރާތެވެ.

ކިޔުންތެރިންގެ ހިޔާލު