ފެބުރުއަރީ 1 ގެ އަމަރު ބާތިލުކުރި 3 ފަނޑިޔާރުންގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފަށައިފި

މިދިޔަ 2018 އަހަރުގެ ފެބުރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުން ނެރުނު އަމަރު ބާތިލުކުރި 3 ފަނޑިޔާރުންގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފަށައިފިއެވެ.

އެ ތިން ފަނޑިޔާރުންނަކީ، އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެެ.

ސިޔާސީ އިދިކޮޅު ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ފެބްރުއަރީ 1 ގައި ނެރުނު އަމުރުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރެއްވި ނަމަވެސް، ކުރީގެ އުއްތަމަ ފަނޑިޔާރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރުމަށް ފަހު، ޖެހިގެން އައި ދުވަހު ވަނީ އެ އަމުރުގެ އެ ބައި ބާކީ ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލް ކޮށްފަ އެވެ.

ޖޭއެސްސީން ބުނެފައިވަނީ ހުށަހެޅިފައިވާ ދެ މައްސަލައެއް މި ތިން ފަނޑިޔާރުންނާ ގުޅޭގޮތުން ބަލަން ފަށާފައިވާކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު