ނައިފަރު އަދި ތުޅާދޫގަ 200 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު އަދި ޑަބްލިއު އެންޑް އޭ އޯވަސީސް ކުންފުނީގެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަޖުހަދު އަބްދުﷲ:–

ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު އަދި  ބ ތުޅާދޫގައި 100 ހައުސިން ޔުނިޓު އަޅަން ދެ ކުން ފުންޏަކާ ހަވާލުކޮށްފިއެވެ.

ނައިފަރުގައި 100 ހައުސިން ޔުނިޓް އަޅަން ޑަބްލިިއު އެންޑް އޭ އޯވަސީސް ކުންފުންޏާ ހަވާލުކުރީ 71،403،200.60ރ. އަށެވެ.

މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު އެވެ. ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު އަޖުހަދު އަބްދުﷲ ޒުހެއިރެވެ.

ތުޅާދޫގައި 100 ހައުސިން ޔުނިޓް އަޅަން ހަވާލުކުރީ ފްލެކްޒިން ޖޭވީ ފޯ ކޮންސްޓްްރަންޝަނާ 79،682،850.00ރ. އަށެވެ.

މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދުއެވެ. ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުން ފުނީގެ މެނޭޖިން ޑައިރެކްޓަރ ޕީ ޑަބްލިއު ތިލަކަރަންތެވެ.

311 ދުވަހުގެ ތެރޭގައި މި މަޝްރޫ ނިންމަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު