ނަފްރަތު އުފައްދާ އަބުރު ކަތިލާ ނަމަ ޓްވީޓުތައް ޑިލީޓް ކުރާނަން: ޓްވިޓާ

ޓުވިޓާގައި އަބުރު ގެއްލޭފަދަގޮތަށާއި ރުޅިވެރިކަން ފެތުރޭގޮތަށް ދީނީ ޖަމާތްތަކަށް އަމާޒުކޮށް ކުރާ ޓްވީޓްތައް ނަގާނެކަމަށް ޓުވިޓައިން ބުނެފިއެވެ.

ޓުވިޓާގެ އައު ޕޮލިސީ އަޕްޑޭޓަކާއެކު ޓުވިޓާގެ ސޭފްޓީ އެކައުންޓިން ރޭގެ ވަގުތެއްގައި ވަނީ ޓްވީޓްތަކެއް ކޮށްފައެވެ.

ޓުވިޓާއިން ބުނެފައިވަނީ 9 ޖުލައި (ބުދަ) ދުވަހުން ފެށިގެން ރުޅިވެރިކަން ފަތުރަން ލާއިންސާނީ ބަސްތައް ބޭނުން ކޮށްގެން ދީނީ ޖަމާތްތަކަށް އަމާޒު ކޮށް ކުރާ ޓުވީޓުތަށް އެ ޕްލެޓްފޯމްއިން ފޮހެލަން ނިންމާފައިވާކަމަށެވެ.

"މިއީ އަދި މި ކަމުގައި އަޅާ ފުރަތަމަ ފިޔަވަޅު،" ޓްވިޓާއިން ބުނެފައިވެއެވެ.

މިގޮތުން އަޕްޑޭޓުގެ ކުރިން ކޮއްފަހުރި ޓުވީޓުތަށް ފޮހެން ފަށާނެ ކަމަށާ ނަމަވެސް ކުރިން އެފަދަ ޓްވީޓުތައް ކޮށްފައި ހުރި އެއެކައުންޓުތައް އަދި ސަސްޕެންޑް ނުކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ޓުވިޓާގެ ޕްލެޓްފޯމުގައި ރުޅިވެރިކަން ފެތުރުމާ ދެކޮޅަށް ހަދާފައިވާ ގަވާއިދަށް ގެނެވުނު އިސްލާހެއް ކަމަށާ އަދި ކުރިޔަށް އޮތްތަނުގައި އިތުރު އިސްލާހުތަކެއް ގެންނާނެ ކަމަށް ޓްވިޓާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު