މަޖިލީހުގެ ކުރީގެ ދެ މެމްބަރެއް ހިއްސާވާ ކުންފުންޏަކުން ތިން ގުނަ އަގު ބޮޑުކޮށް ތެޔޮ ވިއްކާފައި އެބަހުރި: ފެނަކަ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެމްބަރެއް ހިއްސާވާ ކުންފުންޏަކުން ތިންގުނަ ބޮޑުކޮށް ތެޔޮ ވިއްކާފައި އެބަހުރިކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ހާމަ ކުރައްވައިފިއެވެ.

މި މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ސަރުކާރުގެ އެސެޓު ރިކަވަރީ ކޮމިޝަން އަދި އެންޓި ކަރަޕްޝަން ކޮމިޝަނާއި ހިއްސާ ކޮށްފައިވާކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރުވިދާޅުވިއެވެ.

ސަރުކާރުގެ ސްޓޭޓްް އޯންޑް އެންޓަޕްރައިޒަސް ކޮމެޓީގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، 8.25 ރުފިޔާއަށް އަދި 8.75 ލާރިއަށް ފިއުލް ސަޕްލައި މޯލްޑްވިސްއިން ތެޔޮގަތުމަށްފަހު 26 ރުފިޔާއާއި 18 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ފެނަކައަށް ވިއްކާފައި އެބަހުރިކަމަށެވެ.

މިގޮތަށް ތެޔޮ ވިއްކާފަ ހުރީ ތ އަތޮޅަށް ނިސްބަތްވާ މެމްބަރަކާ ލ. އަތޮޅަށް ނިސްބަތްވާ މެމްބަރެއް ކަމަށެވެ.

އެ ދެ މެމްބަރުންނަކީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމާ، ވިލުފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.

ތެޔޮ ވިއްކާގެން ކޮށްފައިވާ ފައިސާގެ މުއާމަލާތުގެ އަދަދެއް ފެނަކައިގެ އެމްޑީ ވިދާޅެއް ނުވެއެވެ. ސަބަބަކީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާތީއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ފެނަކަ އިން އެސްޓީއޯ އަށް ދައްކަން ޖެހޭ 800 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް މީގެ ކުރިން ފެނަކައިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު