ޗެމްބަރު އޮފް ކޮމާސް ގެ ބިލް މަޖިލީހުން ބަލައިގެންފި

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް "ދިވެހިރާއްޖޭގެ ގައުމީ ޗެމްބަރު އޮފް ކޮމާސް އެންޑް އިންޑަސްޓްރީސްގެ" ހުށަހަޅުއްވާފައިވާ ބިލް މަޖިލީހުން ބަލައިގެންފިއެވެ.

ބިލްގެ ބޭނުމަކީ ދިވެހި ވިޔަފާރިތަކުގެ ފަރާތުން ސަރުކާރާއި ބައިނަލްއަގުވާމީ އެކި އެކި ފަރާތްތަކާ މުއާމަލާތްކުރުމާއި އާންމުގޮތެއްގައި ދިވެހި ވިޔަފާރިތައް، ތަމްސީލުކުރާނޭ މިނިވަން ޝަހުސެއް ގާނޫނަކުން އުފެއްދުމެވެ.

އެ ބިލްގައިވާ ގޮތުގައި، ބިލް ގާނޫނަކަށް ވެ އަމަލު ކުރަން ފެށުމާ އެކު، މިހާރު އޮންނަ "ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ" ގެ ނަން، "ދިވެހިރާއްޖޭގެ ގައުމީ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީސް"އަށް ބަދަލުވާނެ އެވެ.

އަދި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނަމުގައި މިހާރު ހުރި ހަރުމުދަލާއި ލިޔެކިޔުންތަކާއި ދަރަނިވެސް އާ ޖަމިއްޔާއަށް ބަދަލުވާނެ އެވެ. އެ ބިލްގައިވާ ގޮތުން، ޗެމްބަރު އޮފް ކޮމާސްއަކީ އަމިއްލައަށް ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ވަކި ގާނޫނީ ސަހުސެކެވެ.

ކިޔުންތެރިންގެ ހިޔާލު