ކެސީނޯ ނާޅާނެ ކަމަށް އަލީ ވަހީދު ވިދާޅުވުމުން، ޖާބީރު ރަތަށް!

މި ސަރުކާރުން ކެސީނޯއެއް ނާޅާނެކަމަށް  ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަރަށް ބޮޑަށް ރުޅި ދުރުވެ، ކޮމެޓީ ދޫކުރައްވައި ނުކުމެ ވަޑައިގެންފިއެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، އަލީ ވަހީދު ވިދާޅުވީ ދިވެހިރާއްޖޭގައި ކެސީނޯ ހިންގަން ހުއްދަ ނޯންނަކަމަށެވެ. އަދި މި ސަރުކާރުން ކެސީނޯ ހިންގަން ތާއީދު ނުކުރާ ކަމަށެވެ.

"މި ސަރުކާރުގެ ސިޔާސަތެއް ނޫން ކެސޯނޯ ހިންގުމަށް ހުއްދަދިނުމަކީ،" އަލީ ވަހީދު ވިދާޅުވިއެވެ.

ޖާބިރު ކުރެއްވި ދެވަނަ ސުވާލަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ބަނގުރަލާ އޫރުމަސް ވިއްކަން ފެށީ މި ސަރުކާރަކުންނެއްނޫނެވެ. އަދި އެކަން ކުރަމުން ގެންދަނީ ރައްޔިތުންގެ މަޖިލީހުން އެކަމަށް ހެދިފައި ހުރި ގާނޫނާ ގަވާއިދުގެ ތެރެއިންކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިހެން ވިދާޅުވުމުން ޖާބިރު ވަނީ ތަކުރާރުކޮށް އެ ސުވާލު ކުރައްވައި ގޮނޑި ތެދުވެ ވަޑައިގެން ބަނގުރާ ވިއްކަނީ ކޮން ގާނޫނެއްގެ ދަށުންތޯ ސުވާލު ކުރައްވާފައެވެ.

އަދި "ކަލޭމެން ބަނގުރާ ވިއްކަނީ. ކެސީނޯ ނާޅާންްވީ ކީއްވެ؟ އަޅުގަނޑު ބޭނުން މިގައުމުގަ ބަގުރަަލާ އޫރުމަސްވެސް ވިއްކުން ހުއްޓާލަން" މިހެން ވިދާޅުވަމުން ޓާޓާ ކިޔާ ޖާބިރު ކޮމެޓީން ނުކުމެވަޑައިގަތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ވެސް ޖާބިރު މިއަދު ވަނީ ނަން އިއްވައި ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

  1. މުހުންމާ

    މިޖާބިރު ތިމާވަރެއް ނެތިގެން އުޅޭމިހެއް