މަޖިލީހުގަ ގޮނޑިޖަހާގޮތް ބަދަލުކުރަން ތާއީދު: ރައީސް ނަޝީދު

މަޖިލީހުގެ ރައީސް – ރައީސް މުޙައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ޖަހާފައި ހުންނަގޮތް ބަދަލުކުރުމަށް ތާއީދު ކުރައްވާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދު މިއަދު މަޖިލީހުގެ ރިޔާސަތުގައި ދެއްކެވި ކުރު ވާހަކަ ފުޅެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުަގައި ގޮނޑި ޖަހާފައި ހުރީ މަޖިލީހުގެ ގަވާއިދުގާ ވަކިގޮތަށް އެކަން ކުރަން އޮވެގެން ނޫންކަމަށެވެ.

"އެހެން ގައުމުތަކުގަ އޮންނަ ގޮތަކީ އެ ޕާޓީއެއްގެ މެމްބަރުން ތިއްބަވަނީ އެތަނެއްގަ. އަދި އިދިކޮޅު ޕާޓީގެ ބޭފުޅުން ތިއްބަވަނީ އެބޭފުޅުންގެ ކުރިމަތީގަ. މި މަޖިލީހުގެ ކަންކަން ކުރިއަށްދާނީ ތިބޭފުޅުން އެދިލައްވާގޮތަކަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އެނެމް ކުރިން ރަދުންގެ އަށް މެންބަރުން ކުރީ ބަރީގައި ތިއްބެވިކަމަށެވެ. އަދި ޖުމްހޫރީ ވެރިކަމަށް ބަދަލުވިފަހުން އެ އަށް މެމްބަރުން ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުންގެ ގޮތުގަ މަޖިލީހުގެ ކުރީބަރީގައި ތިއްބެވި ކަމަށެވެ. ނަމަވެސް އާ ގާނުނު އަސާސީގެ ދަށުން އެ އަށް މެމްބަރުން މިހާރު ނުތިބޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު