މޫސުން ގޯސްވެ ޔެލޯ އެލާޓު ނެރެފި

މޫސުން ގޯސްވެ ޔެލޯއެލާޓު ނެރެފިއެވެ.

މީޓްރޮލޯޖިކް ސާވިސް އިން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ށ. އަތޮޅަށެވެ. ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭ 1:40 އިން 4:40 އަށެވެ.

މި ސަރަޙައްދަށް ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

މީގެ އިތުރުން މިރޭ މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ކ. އަތޮޅަށް ވައިޓް އެލާޓް ވެސް ނެރެފައެވެ. އެ އެލާޓް ނެރެފައިވަނީ މިރޭ 1:15 އިން 7:00 އަށެވެ.

މި ސަރަހައްދު ތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން ވެސް އެކަށީގެންވެއެވެ.

އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ގުގުރުން އެކަށީގެންވެ. ދެކުނުގެ އެކިހިސާބަށް ކެރީގެ އަސަރުފޯރާނެ އަދި ގުގުރުން އެކަށީގެންވެއެވެ.

ދެކުުނާއި މެދުތެރޭ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއްކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު