ކުއްތާ ވަށްވަށް ޖައްސަންް އޮތަސް ކެރަވަން ދުވާނެ: ހޯމް މިނިސްޓަރު

"ކުއްތާ ވަށްވަށް ޖައްސަންް އޮތަސް ކާރު/ ކެރަވަން ދުވާނެ" ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ، ދިވެހިރާއްޖެއަށް 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާގައި ހިމެނޭ ހާޖަރާގޭ އަބްދުﷲ ލުތުފީ މާލެ ގެނައުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

"ކުއްތާ ވައްވައް ޖައްސަން އޮތަސް ގާޑިޔާ ދުވާނެ،" ކަމަށް އިމްރާން ވިދާޅުވީ އަރަބަހިގައި އޮންނަ ވާހަކައެއް ކޯޓު ކުރައްވައެވެ.

"الكلاب تنبح والقافلة تسير"

ޝެއިހް އިމްރަން އަބްދުﷲ މިރޭ ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވިއިރު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގެންދަވަނީ ހޯމް މިނިސްޓަރު އިމްރާނަށް އަމާޒުވާގޮތަށް ލުތުފީ މައްސަލާގައި ފާޑު ކިޔަމުންނެވެ.

މި ކަމާގުޅިގެން ރައީސް ނަޝީދު ވެސް ވަނީ ޝެއިހް އިމްރަން އަބްްދުﷲ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްްމަދު ސާލިހު އަދި  ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަށް ތައުރީފު ކުރައްވާފައެވެ.

ލުތުފީ ރާއްޖެ ގަނައުމުން މިރޭ ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިތުރުފުޅު ހައްދަވާނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު